ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 14:12
މ.މުލި
މ.މުލި
ސޯޝަލް މީޑިއާ
ފަތުރުވެރިޔަކު ގެއްލިގެން ހޯދުން
މ.މުލި ރާޅުގަނޑު ސަަރަހައްދަށް ރާޅާއަޅަން ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި
ރަޅާއަޅަން ގޮސް އުޅުނު 7 ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:47 ހާއިރު
ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް

މ.މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު ފިރިހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ސަރަހައްދުގައި ރަޅާއަޅަން ގޮސް އުޅުނު 7 ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:47 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ.

މި ދުވަސްވަރަކީ މ. މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު މިހާރުވެސް އެސަރަހައްދަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް