ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 12:49
ބީޗު ވޮލީ ޓުވަރގެ ތައްޔާރީތަކުގެ ތެރެއިން
ބީޗު ވޮލީ ޓުވަރގެ ތައްޔާރީތަކުގެ ތެރެއިން
އަހުމަދު މަހުލޫފު
އެފްއައިވީބީ ބީޗް ވޮލީ ޓުވަރ
މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ހަ ވަނަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
 
މި ޓުވަރގައި 28 ޤައުމަކުން ދުނިޔޭގެ ފެންވަރުގެ 80 ކުޅުންތެރިން ބައިވެރިވާނެ

ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަޤުވާމީ ހަ ވަނަ މުބާރާތް އަންނަ ބުރާސްފަތު ދުވަހު ފަށާނެއެވެ.

ބުރާސްފަތި ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ވޮލީ ބޯޅަ މައި އިދާރާ (އެފްއައިވީބީ) ބީޗް ވޮލީ ޓުވަރއެވެ. މިއީ މިއަހަރު ރާއްޖެއިން ބާއްވާ ބައިނަލްއަޤުވާމީ ހަ ވަނަ މުބާރާތެވެ. މިއަހަރު ރާއްޖެއިން ވަނީ ޓޭބަލް ޓެނިސް (ޓީޓީ)، ޗެސް، ބޮޑީ ބިލްޑިން، ބޮޑީ ބޯޑިން އަދި ބާސްކެޓުގެ ބައިނަލްއަޤުވާމީ މުބާރާތެއް ބާއްވާފައެވެ. ބީޗް ވޮލީގެ އިތުރުން ނޮވެމްބަރު މަހު ސެންޓްރަލް ޒޯން ވޮލީ މުބާރާތް ވެސް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ބީޗް ވޮލީ ޓުވަރ ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. އަދި މި ޓުވަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ސަން އައިލެންޑް ރިސޯޓުގައެވެ. މިނިސްޓަރު ވިދާޅުވީ މި ޓުވަރގައި 28 ޤައުމަކުން ދުނިޔޭގެ ފެންވަރުގެ 80 ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ. މީގެ އިތުރުން މި ޓުވަރ އަކީ މިހާތަަނަށް ރާއްޖޭގައި ބާއްވާ އެންމެ ރޭންކު މަތި މުބާރާތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބާއްވައި ދިވެހި އެތުލީޓުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަކީ ވެސް ސަރުކާރުން އިސްކަމެއް ދެމުން އަންނަ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް