ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 11:20
މުހައްމަދު ޝިޔާޒް (މޯހަން) އާއެކު ސޮއިކުރުން
މުހައްމަދު ޝިޔާޒް (މޯހަން) އާއެކު ސޮއިކުރުން
ރާއްޖެއެމްވީ
ވޯލްޑް ކަޕްގައި ރާއްޖެޓީވީގެ އެނެލިސްޓުން
މޯހަން: ކުޅިވަރުގެ އާއިލާއަކުން ވިދާލި އިލްމީ މޮޅު ކޯޗެއް
ފީފާ، އޭއެފްސީގެ ކޯސްތައް ރާއްޖޭގައި ހިންގައިދޭ ތަޖުރިބާކާރު އިންސްޓަކްޓަރެއް
އަތޮޅުތެރޭގެ ޓީމުތަކަށް އެންމެ ގިނަ ކާމިޔާބު ހޯދައިދިން އެންމެ ކާމިޔާބު ކޯޗު
ގައުމީ ތައްޓާއި ދިވެހި ލީގު އަދި ޗެރިޓީ ޝީލްޑު ކާމިޔާބުކުރި
ސާފް ޗެމްޕިއަންޝިޕް 2008 ހޯދި ޓީމުގެ އެސިސްޓެންޓު ކޯޗު

ވޯލްޑްކަޕް 2022ގައި ރާއްޖެ ޓީވީގެ އެންލިސްޓެއްގެ ގޮތުގައި ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ފެނިގެންދާނެ އެވެ. އޭނާ އަކީ ރާއްޖޭގެ ކޯޗުންގެ ތެރެއިން އޭޝިޔާގެ އެންމެ މަތީ ފާސް އޮތް ދެ ކޯޗުންގެ ތެރެއިން އެކެކެވެ. މޯހަންގެ ކޯޗިން ކެރިއަރު ފަށާފައިވަނީ އޭނާ ނިސްބަތްވާ ކުޅިވަރުގެ އާއިލާ ހ. ކުއީންގެ ތެރެއިންނެވެ.

ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ފަހިވީ ވަރަށް ޅައިރުއެވެ. ސްކޫލް ދުވަސްވަރުއެވެ. އެއީ ތައުލީމީ ފެންވަރު ރަނގަޅުވުމުން ބިދޭސީ ކޯޗުންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސީދާ ކޯޗު އެފްއޭއެމަށް ހުށަހަޅައިގެން އޭނާއަށް ފަހިވި ފުރުސަތުތަކެއްގައެވެ.

ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި މާޒިޔާ އާއި އީގަލްސްގެ ކޯޗެއްގެ ގޮތުން ފެނިފައިވާ މޯހަން ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިފައެވެ. ނިއުރޭޑިއަންޓްގައި ގައުމީ ތައްޓާއި ދިވެހި ލީގު ކާމިޔާބުކުރިއެވެ. ކުލަބު އީގަލްސްގައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއެވެ. ސްޓެލްކޯ އާއި ހއ. ކެލާ އޭނާގެ ކޯޗުކަމުގައި ތަށިތަކެއް ހޯދިއެވެ. އަތޮޅު މުބާރާތުން ފެށިގެން ގޮސް މިނިވަން ޗެމްޕިއަންޝިޕުގެ ފަހުވެރި ތަށި ދ. އަތޮޅު ކުޑަހުވަދޫ އިން އުފުލާލީ އޭނާ ކޯޗަކަށް ބަހައްޓައިގެންނެވެ. މިހެންވެ އޭނާ ހިމެނިފައިވަނީ އަތޮޅުތެރޭގެ ޓީމުތަކަށް ކާމިޔާބު ހޯދައިދިން އެންމެ ކާމިޔާބު ކޯޗަށެވެ.

މީގެ އިތުރުން އެންމެ ހާއްސަ ކާމިޔާބީއަކީ އޭނާ އެސިސްޓެންޓް ކޯޗަކަށްހުރެ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގެ ތަށި 2008 ވަނަ އަހަރު ރާއްޖެ ކާމިޔާބު ކުރުމެވެ. މޯހަންއަކީ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުން ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ކޯޗެކެވެ. ރާއްޖެ ހޯދި މުހިންމު މޮޅުތަކުގައި އޭނާގެ ހިއްސާ ބޮޑެވެ.

މޯހަންއަކީ ފީފާ އާއި އޭއެފްސީގެ ކޯސްތައް ރާއްޖޭގައި ހިންގައިދޭ ތަޖުރިބާކާރު އިންސްޓަކްޓަރެއް ވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް