ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 09:42
ފީފާ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ސަޕޯޓަރުން
ފީފާ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ސަޕޯޓަރުން
ޓްވިޓަރ
ފީފާ ވޯލްޑް ކަޕް
އިނގިރޭސި ވިލާތުގެ 1،300 އަށް ވުރެ ގިނަ ސަޕޯޓަރުން ޤަތަރަށް ދިޔުން މަނާކޮށްފި
 
ޤާނޫނާއި ޤަވާއިދު މުގުރާ މަދު ބައެއްގެ ސަބަބުން ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއް ޚަރާބުވިޔަ ނުދޭނެ

އިނގިރޭސި ވިލާތަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ޤަތަރުގައި އޮންނަ ވޯލްޑް ކަޕް ބަލަން ނުދެވޭ ގޮތަށް މަނާކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން ވަނީ އިންގްލެންޑާއި ވޭލްސްގެ 1،300 އަށް ވުރެ ގިނަ ސްޕޯޓަރުންނަށް ޤަތަރަށް ނުދެވޭނެ ކަމަށް ނިންމާފައެވެ. ނޮވެމްބަރު މަހުގެ 20 އިން ޑިސެމްބަރު މަހުގެ 18 އަށް ކުރިއަށްދާ މުބާރާތަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ނުދެވޭނެ ކަަމަށް ނިންމީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

އިނގިރޭސި ވިލާތުގެ ހޯމް ސެކްރެޓަރީ ސުއެލާ ބްރެވާމެން ވިދާޅުވީ، ޤާނޫނާއި ޤަވާއިދު މުގުރާ މަދު ބައެއްގެ ސަބަބުން ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއް ޚަރާބުވިޔަ ނުދޭނެ ކަމަށެވެ. މީގެ އިތުރުން ޤަވާއިދުތަކާ ޚިލާފުވާ ސަޕޯޓަރުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އެ އޮފީހުން ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ އަމަލެއް ހިންގާ ފަރާތަކަށް މަދުވެގެން 6 މަސް ދުވަހުގެ ޖަހު ޙުކުމެއް ކުރުމަށް އަދި ބޭނުން އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން މީގެ ކުރިން ވެސް ޤަވާއިދާ ޚިލާފުވެފައިވާ މީހަކަށް ނުވަތަ އެފަދަ ކަމެއް ކުރާނެ ކަމަށް ބެލެވޭ މީހަކަށް ވެސް ޤަތަރަށް ދަތުރު ނުކުރެވޭނެ ކަމަށް އިނގިރޭސި ވިލާތުގެ ހޯމް އޮފީހުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
8%
17%
8%
0%
50%
ކޮމެންޓް