ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 08:51
އެފްއެސްއެމްއާއި ސްޓެލްކޯ ކްލަބް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލަބް މޯލްޑިވްސް
އެފްއެސްއެމްއާއި ސްޓެލްކޯ ކްލަބް ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ކްލަބް މޯލްޑިވްސް
ކްލަބް މޯލްޑިވްސް ކަޕް
އެމްޕީއެލްއާއި ރާއްޖެ އޮންލައިން މޮޅު
 
މިރޭވެސް މެޗުތައް ކުޅޭނެ

ކްލަބް މޯލްޑިވްސްކަޕް ފުޓްސަލް މުބާރާތުގައި އެމްޕީއެލްއާއި ރާއްޖެ އޮންލައިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ގްރޫޕް އެފްގައި އެމްޕީއެލް ފުރަތަމަ މެޗު ކާމިޔާބުކުރީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 3-0 ނެވެ. މެޗުގައި އެމްޕީއެލްގެ ފުރަތަމަ ދެ ލަނޑު ޖެހީ މުހައްމަދު ސާދު ނިޒާރެވެ. ތިންވަނަ ލަނޑު ޖެހީ މުޙައްމަދު ޔަފާއުއެވެ. މިގްރޫޕްގައި ޔޫތު މިނިސްޓްރީއާއި ކްލަބް އާސަންދަ ވާދަކުރި މެޗު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ. ޔޫތް މިނިސްޓްރީގެ ފުރަތަމަ ލަނޑު ޖެހީ އިލްވާން މުޙައްމަދެވެ. ފަހު ދެ ލަނޑު ޖެހީ ފަތުހުالله ޖަމީލެވެ. ކްލަބް އާސަންދައިގެ ލަނޑުތައް ޖެހީ އަޝްހާމް އަހުމަދު, އަހުމަދު އަބުދުالله އަދި މުހައްމަދު ރިލްވާންއެވެ.

ރާއްޖެ އޮންލައިން ގްރޫޕް އީގައި ހޯމް މިނިސްޓްރީގެ ހާރކް ބަލިކުރީ 6-1 ނެވެ. ހާކްގެ ޒައިދާން އަބުދުالله ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ކުރި ހޯދައިދީފައިވަނިކޮށް, ރާއްޖެ އޮންލައިންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ރަޝްވާން ރަޝީދެވެ. އޭނާ މެޗުގައި އިތުރު ދެ ލަނޑު ޖެހިއެވެ. އެޓީމްގެ އެހެން ލަނޑުތައް ޖެހީ ހަސަން ސޮލާހު އާއި ހަމްދޫން އަހުމަދު އާއި ޔައިޝް މުސްތޮފާ އާއި އަބުދުالله މުއާޒްއެވެ. ރާއްޖެ އޮންލައިންއިން ފަހު ތިން ލަނޑު ޖެހީ ހާރކްގެ ކީޕަރު ސުއައިދު ޔޫނުސްއަށް ރަތްކާޑް ދެއްކި ފަހުންނެވެ. މިގްރޫޕްގައި ޓީމް އެފްއެސްއެމް އާއި ސްޓެލްކޯ ކްލަބް ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ސްޓެލްކޯގެ ލަނޑު ޖެހީ ސުއެއިދު ސައީދުއެވެ. އެފްއެސްއެމްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ޖުމާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް