ކ. މާލެ
|
9 އޮކްޓޯބަރ 2022 | އާދީއްތަ 11:40
ފީއަލި އައިސް ޕްލާންޓު
ފީއަލި އައިސް ޕްލާންޓު
ފީއަލި ކައުންސިލް
އައިސް ޕްލާންޓު
ފެނަކައާ ހަވާލުކުރި އައިސް ޕްލާންޓުތައް އޮޕަރޭޝަންގައި
ފެނަކައާ 14 އައިސް ޕްލާންޓެއް ވަނީ ހަވާލުކޮށްފައި
އައިސް ޕްލާންޓުތަކުގައި މަރާމާތުތަކެއް ކޮށްފައިވޭ
އައިސް ޕްލާންޓުތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ

ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ އައިސް ޕްލާންޓުތަކުން ޚިދުމަތް ދޭން ފަށާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު ސަރުކާރުން ވަނީ މީގެ ކުރިން މިފްކޯއިން ހިންގަމުން ގެންގޮސްފައިވާ 14 އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ހަަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށް ފެނަކައާ ވަނީ ތަޅުދަނޑިތައް ހަވާލުކޮށްފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ސައީދު ވިދާޅުވީ ފެނަކައާ ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓަކުން ވެސް މިހާރު ޚިދުމަތް ލިބޭނެ ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތްތައް ނިންމާލެވިފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އާދިއްތަ ދުވަހު ފ. ފީއަލި އައިސް ޕްލާންޓުން ޚިދުމަތް ދޭން ފަށާފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެ އައިސް ޕްލާންޓަކީ 6 މަސް ވަންދެން ޚިދުމަތް ނުދީ ހުރި ތަނެއް ކަމަށެވެ.

އައިސް ޕްލާންޓުތަކުން ޚިދުމަތް ދޭން ފަށާފައިވާއިރު، ސައީދު ވިދާޅުވީ އައިސް ޕްލާންޓުތަކުގައި މާ ބޮޑު މަރާމާތުތަކެއް ނެތް ކަމަށެވެ. އެހެންނަމަވެސް ޚިދުމަތް ފަށާފައިވަނީ ހައްލުކުރަންޖެހޭ ކަންކަން ހައްލުކޮށް ނިންމާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ހުރިހާ އައިސް ޕްލާންޓަކުން ވެސް މިހާރު 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި "ފެނަކަ އައިސް" އެޕް މެދުވެރިކޮށް ކުރިއާލާ އައިސް ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، މިހާރު މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ ހުރިހާ މަސްވެރިން ވެސް މި އެޕްލިކޭޝަނުގެ ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ފެނަކައާ އައިސްޕްލާންޓުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވަނީ އައިސް ޕްލާންޓުތައް ތަރައްގީކުރުމުގެ އިތުރުން އެތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖުތަކެއް ވެސް ގާއިމުކޮށްދެއްވާނެކަން ފާހަގަކުރައްވާފައެވެ. މި ނިޒާމާއެކު މަސްވެރިންނަށް އެތަންތަނުގައި މަސް ރައްކާކޮށްގެން ވިއްކޭނެއެވެ.

- ކޮމެންޓް