ކ. މާލެ
|
21 ޖޫން 2017 | ބުދަ 14:50
މިހާރު ރޯވެފައިވާ އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ނިއްވާލާފައި
މިހާރު ރޯވެފައިވާ އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ނިއްވާލާފައި
ރޮއިޓަރސް
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން
ޕޯޗުގަލްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑަށް ނަޒަރެއް!
ޕޯޗުގަލް އަކީ ޔޫރަޕްގައި އެންމެ ބޮޑަށް ޖަންގަލިތައް ހުރި އެއް ގައުމު
މިހާތަނަށް ހޮނިހިރު ދުވަހުން ފެށިގެން 64 މީހުން މަރުވެ މަދުވެގެެން 150 މީހުން ޒަޚަމްވެފައިވޭ

ޕޯޗުގަލްގެ ގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ޚަބަރަކީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ބޮޑު ވާހަކައެކެވެ. އެގައުމުގެ ބޮޑު ވަޒީރު އެކަން ސިފަކުރެއްވީ މިހާތަނަށް ފެނިފައިނުވާ ފަދަ  އިންސާނީ ކާރިސާއެއްގެ ގޮތުގައެވެ. އެގައުމުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު މިހާތަނަށް ފެނިފައިނުވާ ފަދަ  އިންސާނީ ކާރިސާއެއްގެ ގޮތުގައި  ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއާ ކޮސްޓާ ސިފަކުރައްވާފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް 64 މީހުން މަރުވެ މަދުވެގެެން 150 މީހުން ޒަޚަމްވެފައި ވެއެވެ.

ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ޕޯޗުގަލްއަށް އަހަރަކު އެއްފަަހަރު ކުރިމަތިވާ ކަމެކެވެ. މިދިޔަ އަހަރު ޔޫރަޕިއަން އެންވަޔަރަމަންޓް އެޖެންސީން ބުނެފައި ވަނީ ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވި އަލިފާން ރޯވުމުގެ ހާދިސާތައް، 1993 އިން 2013 އަށް ސްޕެއިން، ފްރާންސް، އިޓަލީ އަދި ގްރީސްގައި އެ މުއްދަތުގައި ރޯވެފައިވާ ޖުމްލަ އަލިފާންގަނޑުތަކަށް ވުރެ ގިނަ ކަމަށެވެ.. ނަމަވެސް ޕޯޗުގަލް އަކީ ޖިއޮގްރަފިކަލް ސައިޒުގެ ގޮތުން މިދެންނެވި ގައުމުތަކާ އަޅާބަލާއިރު ކުޑަ ގައުމެކެވެ.

ޕޯޗުގަލްއަކީ ޔޫރަޕްގެ ދެކުނު-ހުޅަނގު ކައިރިފަށުގައި އޮންނަ ފިނިހޫނުމިން ރަނގަޅު މިންވަރެއްގައި ހުންނަ ގައުމެކެވެ. މިހާހިސާބުން އުފައްދަން ޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. މި އަހަރު ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު އެއީ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅިދާނެ ކަމެއްތޯއެވެ؟ މަރުވި މީހުންގެ އަދަދު މަދުކުރުމަށް ނުވަތަ ލިބިފައިވާ ގެއްލުން ކުޑަކުރުމަށް ޕޯޗުގަލްއަށް ކުރެވިދާނެ ކަމެއް އޮތްތޯއެވެ.؟

އެންމެ ފަހުން ލިބޭ ރިޕޯޓުތަކަށް ބަލާއިރު ރޯވެފައިވާ އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ނިއްވާލާފައެވެ. މިކަމުގައި 1200 ކްރޫ ބައިވެރިވެ 400 ވެހިކަލް ބޭނުންކުރިއެވެ. 

ރޯވެފައިވާ އަލިފާންގަނޑުގެ ބޮޑުބައި ވަނީ މިހާރު ނިއްވާލާފައި 

ޕޯޗުގަލް އަކީ އެޓްލާންޓިކް ކަނޑުން ގަދަވައި އަންނަ ގައުމެކެވެ. ސައިންސްވެރިން ބުނަމުން ދަނީ ޕޯޗުގަލްގެ ޖަންގަލިތަކުގައި "އަލިފާން ރޯވުމުގެ ސީޒަން" ގެ މުއްދަތު މޫސުމީ ބަދަލުތަކާ ހެދި  އިތުރުވެފައިވާ ކަަމަށެވެ. އެގޮތުން އެ މުއްދަތް ދެ މަހުން ފަސް މަހަަށް ބަދަލުވެފައިވާ ކަމަށެވެ. މިއަހަރު ޕޯޗުގަލްގައި ހޫނު މޫސުން ފެށިފައިވާއިރު، މިހާރު ވެސް ޕޯޗުގަލްގެ ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗެވެ.

ޕޯޗުގަލްއަކީ ޔޫރަޕްގައި އެންމެ ބޮޑަށް ޖަންގަލިތައް ހިމެނޭ އެއް ގައުމެވެ. ވާލްޑް ފޮރެސްޓް އިންސްޓިޓިއުޓް އިން ބުނާ ގޮތުން ޕޯޗުގަލްގެ ޖަންގަލިތަކުގެ ތެރެއިން 85 އިން ސައްތައަކީ އަމިއްލަ ފަރާތްތަކުގެ ޖަންގަލިތަކެވެ. އަމިއްލަފަރާތްތަކުގެ ޖަންގަލިތަކުގައި އެވްރެޖް ގޮތެއްގައި ހުންނަނީ ފަސް ހެކްޓަރު ނުވަތަ 12.7 އޭކަރެވެ. 

ޕޯޗުގަލްގެ ޖަންގަލިތައް ރަނގަޅަށް ބަލަހައްޓާ މެނޭޖު ކުުރުމަކީ އެންމެ ބޮޑު އެއް މައްސަލަޔަށް ވާއިރު، ރަށްފުށުގެ އާބާދީ މަދުވެ ސިޓީތަކަށް ބަދަލުވާ މީހުން ގިނަވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ޖަންގަލިތައް ވަނީ ބަލަހައްޓާނެ ފަރާތެއް ނެތިފައެވެ. ޖަންގަލިތަކުގައި އަލިފާން ރޯވެއްޖެ ނަމަ ފަސޭހައިން އަލިފާން ފެތުރިދާނެ ޑެޓްރައިޓިސް ނުވަތަ ބޭކާރު ބައިތަކުން ޖަންގަލިތައް ހުންނީ ފުރިފައެވެ.

ޖަންގަލީތަކުގައި ރޯވާ އަލިފާންގަނޑާ ދޭތެރޭ ގެންގުޅޭ އުސޫލަށް ނުވަތަ ރަނގަޅު އުސޫލެއް ނެތުމުން ޕޯޗުގަލްގެ ލޯކަލް މީޑީއާގައި، ސަރުކާރަށް  އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާއިރު ސަރުކާރުން ބުނެފައި ވަނީ އަލިފާން ރޯވާން ދިމާވި ސަބަބުތައް ދިރާސާ ކުރާނެ ކަމަށެވެ. ދިރާސާކޮށްފައި ބުނާނީ ކީކޭބާ؟ މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.



 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް