Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2022 | ހޮނިހިރު 08:44
ނާއިބުރައީސް ރ. އަތޮޅަށް ފުރާވަޑައިގެންނެވުން
ނާއިބުރައީސް ރ. އަތޮޅަށް ފުރާވަޑައިގެންނެވުން
ރައީސް އޮފީސް
ނާއިބުރައީސް ރ. އަތޮޅަށް ވަޑައިގެންނެވުން
ނާއިބުރައީސް ރ. އަތޮޅަށް ފުރާވަޑައިގެންފި
ރަށްރަށުގެ ކައުންސިލްތަކައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ
ރ. ޓޫރިޒަމް އެކްސްޕޯ 2022 ގެ އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ
ނާއިބުރައީސް ދަތުރުފުޅު ނިންމަވާލައްވާނީ އާދިއްތަ ދުވަހު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނީ، އެއަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

Advertisement

މީގެ އިތުރުން ރ.ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، ރ. ވަންދޫއަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ، އާދިއްތަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް