ކ. މާލެ
|
21 ޖޫން 2017 | ބުދަ 12:39
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
ގޫގުލް
އެއް މިލިއަން ޑޮލަރު
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
އެއް މިލިއަން ޑޮލަރުގެ ލިބުނު މީހާއަށް އަދި އެކަމެއް ނޭނގޭ

ދުބާއީ ޑިއުޓީ ފްރީގެ ފަރާތުން، މިލޭނިއަމް މިލިއަނަޒް ޕްރޮމޯޝަންގެ ނަމުގައި ބޭއްވި ޕްރޮމޯޝަންގައި ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.

މި ގުރުއަތުލުން ބާއްވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ދުބާއީ އިންޓަނޭޝަނަލް އެއަޕޯޓުގައެވެ. ޝަހްޒައިބް އަހްތަރު ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން އޭނާ އަކީ ގުރުވަތުލުމުގައި ހޮވުނު ނަސީބުވެރިޔާ ކަމެއް އޭނާއަކަށް ނޭނގެއެވެ.

ޝަހްޒައިބް އަހްތަރުއަކީ ބޭއްވި ޕްރޮމޯޝަންތަކުގައި ހޮވުނު 13 ވަނަ ޕާކިސްތާންގެ ރައްޔިތާއެވެ. މީނާ ދިރިއުޅެމުންދަނީ ޔޫކޭގައެވެ. 

ކުރީ ފަހަރު ބޭއްވި މިލޭނިއަމް މިލިއަން ޕްރޮމޯޝަންގައި ގުރުއަތުން ހޮވިފައިވަނީ އިންޑިއާގެ އަންހެނެއް ކަމަށްވާ ޝާންތީ އަޝުއްތަން ކުއްޓީއެވެ. މި އަންހެން މީހާ އަކީ ދުބާއީގައި ދިރިއުޅެމުންދާ އަންހެނެކެވެ.

މިލޭނިއަމް މިލިއަނަޒް ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހޭނީ ކަޑައަޅެފައިވާ ވަކި ތަންތަނަކުން ޓިކެޓް ގަތުމަށްފަހު ފޯމެއް ފުރިހަމަކުރާށެވެ. މި ފޯމްގައި މުހިންމު މައުލޫމާތެއްގެ ގޮތުން އެމީހާގެ ފުރިހަމަ ނަމާއި ޤައުމިއްޔަތާއި ޓިކެޓް ނަންބަރާއި އަދި ޕާސްޕޯޓް ނަންބަރު ހިމަނަން ޖެހެއެވެ.

ހަމަ ގައިމުވެސް ޝަހްޒައިބް އަހްތަރުއަށް އޭނާ އަކީ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާކަން އެގިގެން ދިޔުމުން އުފާވާނެކަން ޔަޤީނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް