Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 07:17
މިނިސްޓަރު އަސްލަމް
މިނިސްޓަރު އަސްލަމް
އެމްޓީސީސީ
ރާއްޖެ ކުރިއެރުވުން
ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް ދިއުމަށްޓަކައި ރާއްޖެއިން ކަޑަތުކުރަން އޮތް ރާސްތާ ދިގު: އަސްލަމް
ކޮންމެ ވެރިކަމެއް އޮތަސް ރާއްޖެ ދެން ދާނީ ކުރިއަށް: އަސްލަމް
މޫސުމީ ބަދަލާ އެކު ދިމާވެފައިވާ އެ ގޮންޖެހުމަކީ ކުރިއަށް އޮތްތާ ވެސް އިތުރަށް ގޯސްވާނެ ކަމެއް: އަސްލަމް

ތަރައްޤީވަމުންދާ ގައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް ދިއުމަށްޓަކައި ރާއްޖެއިން ކަޑަތުކުރަން އޮތް ރާސްތާ ދިގު ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އައްޑޫސިޓީގެ ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ވެރިކަމެއް އޮތަސް ރާއްޖެ ދެން ދާނީ ކުރިއަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުރިހާ އެންމެންވެސް ތަރައްްގީ ބޭނުންވަނީ ވަރަށް ބާރު ސްޕީޑުގައި ކަމަށާއި އެހެންކަމުން އެންމެ ހިތް އެދޭ ސްޕީޑުގައި ނުދާ މަޝްރޫޢުތަކުގެ މައްސަލަ ހައްލުކުރަން މަސައްކަތްކޮށް، އެފަދަ ކަންކަން މެނޭޖުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

Advertisement

ރާއްޖޭގެ ގިނަ ރަށްރަށަށް އާއްމުކޮށް ދިމާވާ މައްސަލައަކަށް ރަށް ގިރުމުގެ މައްސަލަ ވެފައިވާ ކަމަށާއި އެމަނިކުފާނާއި ހަމައަށް އެންމެ ގިނައިން އަންނަ އެއް ޝަކުވާ އަކީ ރަށް ގިރުމުގެ މައްސަލަކަމަށް އަސްލަމް ވިދާޅުވިއެވެ. މޫސުމީ ބަދަލާ އެކު ދިމާވެފައިވާ އެ ގޮންޖެހުމަކީ ކުރިއަށް އޮތްތާ ވެސް އިތުރަށް ގޯސްވާނެ ކަމެއްގެ ގޮތުގައި އަސްލަމް ވަނީ ސިފަކުރައްވާފައެވެ. މިއީ ކުޑަ ކަމެއް ނޫން ކަަމަށާއި، މިއީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަނގަޅަށް ނުބަލާ އެ މަސައްކަތްކޮށްފި ނަމަ ނުބައި ނަތީޖާ އެއްވެސް ނުކުމެދާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ހަނދުމަފުޅުކުރައްވާތި މި 5 އަހަރު ތެރޭގައި ދިމާވީ އަޅުގަނޑުމެން ތާރީހުގައި ވެސް ނުދެކޭ ފަދަ 2 އަހަރު. އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބަންދުވީ 2 އަހަރު އައި.
މިނިސްޓަރު އަސްލަމް

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެކުނު ތަރައްޤީވާނީ އެ ހިސާބުގެ ރަށްތައް ގުޅާލެވިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ނޫން ގޮތަކަށް ދެކުނު ތަރައްޤީކުރެވޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް