ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 07:54
ސްޓަންކޮވިޗް
ސްޓަންކޮވިޗް
ޓްވިޓަރ
ސަމްޑޯރިއާ
ސަމްޑޯރިއާގެ ކޯޗަކަށް ސްޓަންކޮވިޗް ހަމަޖައްސަނީ
ދާދި ފަހުން ސަމްޑޯރިއާ އިން ވަނީ އެ ޓީމުގެ ކޯޗުކަމުގައި ހުރި މާކޯ ގިއަމްޕައޮލޯ މަގާމުން ވަކިކޮށްފައި

އިޓާލިއަން ލީގުގެ ސަމްޑޯރިއާގެ ކޯޗުކަމަށް ސާބިއާގެ ޑެހާން ސްޓަންކޮވިޗް ހަމަޖައްސަން ނިންމައިފިއެވެ.

ދާދި ފަހުން ސަމްޑޯރިއާ އިން ވަނީ އެ ޓީމުގެ ކޯޗުކަމުގައި ހުރި މާކޯ ގިއަމްޕައޮލޯ މަގާމުން ވަކިކޮށްފައެވެ. އެއީ އިޓާލިއަން ލީގުގައި އެ ޓީމުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ސަމްޑޯރިއާގެ ކޯޗުކަމަށް ސްޓަންކޮވިޗް ހަމަޖެއްސުމަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އުމުރުން 44 އަހަރުގެ ސްޓަންކޮވިޗް ކޯޗިން ކެރިއަރު ފެށީ 2014 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ ވަނީ އިޓަލީގެ އުދިނޭސީގެ އެސިސްޓެންޓު ކޯޗުކަން ކޮށްފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޭނާ ވަނީ ރެޑް ސްޓާ ބަލްގްރޭޑްގެ ކޯޗުކަމާ ހަވާލުވެފައެވެ.

ސްޓަންކޮވިޗް ވަނީ އިޓަލީގެ އިންޓަ މިލާނާއި، ލާޒިއޯ އަށް ކުޅެދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ސާބިއާގެ ޤައުމީ ޓީމަށް ވެސް ކުޅެދީފައެވެ.

ސްޓަންކޮވިޗް ސަމްޑޯރިއާގެ ކޯޗެއްގެ ގޮތުގައި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް