ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 21:11
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުން
4 ރަށެއްގެ އިސް މެޖިސްޓްރޭޓްކަމަށް 4 މީހަކު ކުރިމަތިލައިފި
އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާ

4 ރަށެއްގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް 4 ފަރާތަކުން ކުރިމަތިލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މިދިޔަ މަހުގެ 19ގައި, 5 މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީިއިރު މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މައުލޫމާތު ޖޭއެސްސީން ވަނީ އާންމުކޮށްފައެވެ.

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލާފައިވަނީ

  1. ޢަބްދުﷲ ޢަބްދުލްޙަކީމް / އަޛާން ޕެލަސް، ޅ. ނައިފަރު
  2. އަޙްމަދު ރޫޙުﷲ ޝިޔާމް / ގެމަނަ، ގއ. ގެމަނަފުށި
  3. ސަނިއްޔާ ޙުސައިން / މޯނިންގ، ނ. ވެލިދޫ

ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލާފައިވަނީ

  1. ޢަބްދުﷲ ޢަބްދުލްޙަކީމް / އަޛާން ޕެލަސް، ޅ. ނައިފަރު

ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލާފައިވަނީ

  1. އަޙްމަދު ރޫޙުﷲ ޝިޔާމް / ގެމަނަ، ގއ. ގެމަނަފުށި

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލާފައިވަނީ

  1. މުޙައްމަދު ޝަރީފް ޢަލީ / ދިވެތި، ގދ. ތިނަދޫ
  2. ސަނިއްޔާ ޙުސައިން / މޯނިންގ، ނ. ވެލިދޫ

ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 21،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްއަށް 4000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސް ގޮތުގައި 600 ރުފިޔާ ލިބެއެވެ.

- ކޮމެންޓް