ކ. މާލެ
|
3 އޮކްޓޯބަރ 2022 | ހޯމަ 17:50
އަބްދުﷲ ޖާބިރު
އަބްދުﷲ ޖާބިރު
ރާއްޖެއެމްވީ
ފަތުރުވެރިކަމުގެ ރަން އަހަރު
އުމުރުފުޅުން 8 އަހަރުން ފެށިގެން ޖާބިރު ފަތުރުވެރިކަމުގައި
ރިސޯޓު ކުނިކެހުމުން ފެށިގެން ފެށިގެން މެނޭޖްމެންޓް ލެވެލްގައި މަަސައްކަތްކުރެއްވި
ޔޮޓް ޓުއަރސްގެ ދަށުން ގިނަ ރިސޯޓުތަކެއް މެނޭޖުކުރަމުންދޭ
ފަތުރުވެރިކަމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިއްޖެކަމަށް ވިދާޅުވި

އުމުރުފުޅުން 8 އަހަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަން ފައްޓަވާފައިވަކަމަށް, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖެ ޓީވީން ގެނެސްދިން "ރަން 50" ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ، 1980ގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަތް ހިސާބުން މި ދާއިރާއަށް ނިކުންނަވާފައިވާކަމަށެވެ.

އުމުރުފުޅުން އެންމެ 8 އަހަރުގައި ސިނާއަތަށް ނިކުމެ ރިސޯޓު ކުނިކެހުމުން ފެށިގެން މެނޭޖްމެންޓް ލެވެލްގައި މަސައްކަތްކުރެއްވިކަމަށް ޖާބިރު ވިދާޅުވިއެވެ. ރިސޯޓެއްގައި އަދާނުކުރައްވާ ވަޒީފާއެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ މި މަސައްކަތްތައް ކުރެއްވީ އިތުރަށް ތައުލީމުވެސް އުނގެނިވަޑައިގަންނަވަމުން ކަމަށެވެ.

ޖާބިރު ވިދާޅުވީ، ފަތުރުވެރިކަމުގެ އެކި ލެވެލްތަކުގައި ކުރެއްވި މަސައްކަތްތަކުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި މި މަސައްކަތުން އިތުރަށް ކުރިއަށްދިއުމަށް ރިސޯޓަކަށް އިންވެސްޓްކުރުމަކީ ތަންކޮޅެއް ބޮޑު މަސައްކަތަކަށްވާތީ، ސަފާރީ ބޯޓެއް ބަނުމުގެ މަސައްކަތް ފެއްޓެވީކަމަށް ޖާބިރު ވިދާޅުވިއެވެ. ޔޮޓް ޓުއަރސް އުފެދިގެން އައި ގޮތަކީ އެއީ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

އެއަށްފަހު ރިސޯޓުގެ ވިޔަފާރިއަށް ނިކުންނަވާފައިވާކަމަށާއި، އަދި ކާމިޔާބު ވިޔަފާރިތަކެއް ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ވަރަށް ދަށް ވަޒީފާއަކުން ފެށިގެން ފަތުރުވެރިކަމުގެ މިހާ ހިސާބަށް އާދެވިފައިވާއިރު ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިއްޖެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

- ކޮމެންޓް
4 އޮކްޓޯބަރ 2022 | އަންގާރަ 17:29
މިސްޓަރ ޓިނޭ
ދެން ލޮލީ ވިއްކީ ކޮންއިރަކު. ީ