ކ. މާލެ
|
3 އޮކްޓޯބަރ 2022 | ހޯމަ 05:39
ކޮޕް26 ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ވާހަކަދައްކަވަނީ
ކޮޕް26 ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ވާހަކަދައްކަވަނީ
ޓްވީޓަރ
ކޮޕް 27
ކޮޕް 27 އަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
މި ބައްދަލުވުމަށް ހުށަހަޅާ ކަންކަމުގެ ހުލާސާއެއް ކޮޕް 27 އަށް ހުށަހަޅާނެ
މި ބައްދަލުވުން އޮންނާނީ އޮކްޓޯބަރު 12 ގައި
އޮކްޓޯބަރު 11 ގައި ޒުވާނުންނަށް ޚާއްސަ ބައްދަލުވުމެއް އޮންނާނެ

ކޮޕް 27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން، އުނިސެފާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި އ.ދ ގެ އެހެނިހެން އިދާރާތަކާއި ގުޅިގެން "މަލްޓި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވިތު ޔަންގް ޕީޕަލް އޮން ކްލައިމެޓް އެކްޝަން"ގެ ނަމުގައި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް ޕްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ކޮޕް 27 މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު މިސްރުގެ ޝަރުމުއްޝައިޚުގައެވެ.

މިކަމާއި ގުޅިގެން ބާއްވާ މަލްޓި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވިތު ޔަންގް ޕީޕަލް އޮން ކްލައިމެޓް އެކްޝަން" ބައްދަލުވުން އޮންނަނީ މިމަހުގެ 12 އޮކްޓޯބަރު ވާ ބުދަ ދުވަހުގެ ރޭގަނޑު ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމަށް ޒުވާނުންނާއި، ސަރުކާރުގެ އިދާރާތަކާއި، އ.ދގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އެހެނިހެން މުއައްސަސާތައް ހިމެނޭ ގޮތަށް 150 ބައިވެރިން ބައިވެރިވާނެއެވެ.

މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ދިވެހި ޒުވާނުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ދެނެގަނެވޭނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން 11 އޮކްޓޯބަރ ވަނަ ދުވަހު ޒުވާނުންނަށް ޚާއްސަ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގެ މަޝްވަރާތަކުގެ ޚުލާސައެއް ކޮޮޕް 27ގައި ރާއްޖެއިން ކުރާ ވަކާލާތުގައި ހިމެނިގެންދާނެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދާނީ ވޭތުވެދިޔަ އަހަރު ކޮޕް 26 އަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ސަރުކާރާއި ޔުނިސެފް އަދި ޔޫއެންޑީޕީ ގުޅިގެން އިންތިޒާމުކުރެވުނު ބައްދަލުވުމުގެ ތަޖުރިބާއަށް ރިއާޔަތްކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް