ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 17:35
ޕްލޭނިންގ މިނިސްޓަރ އަސްލަމް
ޕްލޭނިންގ މިނިސްޓަރ އަސްލަމް
މަޖިލިސް
ބޯހިޔާވަހިކަމުގެ ދަތިކަން
ހުޅުމާލޭގައި ބޯހިޔާވަހިކަން ގާއިމްކޮށްގެން މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް އުންމީދުކުރި ފަދަ ބަދަލެއް ނާދޭ: އަސްލަމް
މާލެ ތޮއްޖެހުނީ އަތޮޅު ތެރެ ތަރައްޤީނުވުމުން - އަސްލަމް
މި މައްސަލަ ހައްލުކުރަން ގިނަ ދުވަސް ނަގާނެ، އެކަމަކު ނުކޮށް ދޫކޮށްލެވޭކަށް ނެތް - އަސްލަމް

ހުޅުމާލޭގައި ބޯހިޔާވަހިކަން ގާއިމްކޮށްގެން މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް އުންމީދުކުރި ފަދަ ބަދަލެއް ނާންނަ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރި ޓަވަރުތަކުގެ މަސައްކަތް ނިންމައި، އެތަންތަން ލިބުނު ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މިނިސްޓަރ ވަނީ ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން މާލެ ތޮއްޖެހުމަށް މާބޮޑު ބަދަލެއް ނާންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އަތޮޅު ތެރެ ތަރައްޤީކުރާ އިރު މާލޭގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަ ގޮތެއް ވެސް ހޯދާދޭން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ތިހުރިހާ ވާހަކައެއް ދައްކާފަ ވެސް ހުޅުމާލެ ވެސް ތަރައްޤީކުރަނީ ނޫންހޭ. ގެދޮރުވެސް އަޅަނީ ނޫންހޭ. އެހެންވީމަ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެއް ނޫންހޭ ތިދައްކަނީ. އެހެންނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ގޮތެއް ހޯދަން ވެސް އެބަ ޖެހޭ.
މިނިސްޓަރ އަސްލަމް

އެކި ސަރުކާރުތަކުން އެކި މިންވަރަށް ހައުސިން ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި މި ސަރުކާރުން ވެސް 7000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ އަކީ އަޅާނުލާ ދޫކޮށްލެވެން ނެތް މައްސަލަ އެއް ކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ތޮއްޖެހެނީ ޒަމާނުއްސުރެ އަތޮޅުތެރެ ތަރައްޤީކުރަން ދޭން ޖެހޭ އިސްކަން ނުދޭތީ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް މާލެ އާއި އެއްވަރަށް އަތޮޅުތެރެ ތަރައްްޤީވަމުން ނުދާކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ޒަމާންވީ މައްސަލައެއް ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެ މައްސަލަ އަށް ހައްލު ގެންނަން ގިނަ ދުވަސް ވާނެ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ އަށް ހައްލު ލިބޭނީ ކެނޑިނޭޅި މަސައްކަތްކޮށްގެން ކަމަށް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް