ކ. މާލެ
|
28 ސެޕްޓެންބަރ 2022 | ބުދަ 23:40
ލަނޑުޖެހުމަށްފަހު ގުޅި ކުޅުންތެރިން އުފާފާޅުކުރަނީ
ލަނޑުޖެހުމަށްފަހު ގުޅި ކުޅުންތެރިން އުފާފާޅުކުރަނީ
އެފްއޭއެމް
ސެންޓްރަލް ލީގު/ދެވަނަ ޑިވިޝަން
ސެންޓްރަލް ލީގު ގްރޫޕް ބީގެ ދެވަނަ ގުޅިއަށް
ފުރަތަމަ ޑިވިޝަންގެ ފުރުޞަތު ގުޅިއަށް އެބައޮތް

ސެންޓްރަލް ލީގު ދެވަނަ ޑިވިޝަން ގްރޫޕް ބީގެ ދެވަނަ ކ.ގުޅި ފުޓްބޯޅަ ކްލަބުން ހޯދައިފިއެވެ.

ތިން ޓީމް ވާދަކުރި ގްރޫޕްގެ ދެވަނަ ގުޅި ހޯދީ ދެ ބުރުގައިވެސް މާފުށި ނިއު ސްޓާ ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. ދެވަނަ ބުރުގައި އަދި ގްރޫޕްގެ ފަހު މެޗުގައި މާފުށީގެ މައްޗަށް ގުޅި ކުރި ހޯދީ 3-0 ނެވެ. ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ހުސެއިން ފަހުދުއާއި, މުޙައްމަދު ޔަޒީދުއެވެ. ދެވަނަ ހާފްގައި ތިންވަނަ ލަނޑު ޖެހީ އަހުމަދު ފާރިޝްއެވެ. ގުޅި ތިންވަނަ ހޯދީ ހަ ޕޮއިންޓާއެކުއެވެ. ހަ ޕޮއިންޓްވެސް ހޯދީ މާފުށި ބަލިކޮށްގެންނެވެ. ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އެއްވަނަ ޑިވިޝަނުން ޖާގަ ހޯދީ ގުރައިދޫ ސްޕޯރޓްސް ރެކްރިއޭޝަން ކްލަބެވެ. އެއީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތީ ޕޮއިންޓަކާއެކު މާފުށްޓެވެ. މާފުށި ޕޮއިންޓެއް ހޯދީ ގުރައިދޫ އަތުންނެވެ.

އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމްތަކުގެ ތެރޭގައި ހިމެނިގެން ފުރަތަމަ ޑިވިޝަނަށް ދިއުމުގެ ފުރުޞަތު ގުޅިއަށް އޮންނާނެއެވެ.

- ކޮމެންޓް