Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2022 | ބުދަ 14:56
ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
ރައްޔިތުންގެ މަޖިލިސް
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުން
ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ބަޔާންކޮށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ކޮމިޓީއަށް
މިބިލް ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައި
ސަރުކާރުގެ ފަރާތުން މިބިލު ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ

ބާ ކައުންސިލަށް ލިބޭ އާމްދަނީން އެކައުންސިލު ހިންގޭ ފަދަ ގޮތަކަށް ބާ ކައުންސިލުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ބަޔާންކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ބަލައިގަނެފިއެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ މިބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑަައިގެންނެވި 42 މެންބަރުންގެ އިއްތިފާގުން ވަނީ ބިލް ބަލައިގަތުމަށް ފާސްވެފައެވެ. މިބިލް ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޔޫނުސް އަލީ ހުށަހެޅުއްވި މިބިލުގައި މައިގަނޑު 4 ކަމަކަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. ބާ ކައުންސިލަށް ފައިސާ ހޯދުމުގެ ބާރު ލިބިދީފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ގާނޫނީ ވަކީލުން ދައްކާ ޗަންދާ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުމާއި ސެޓްފިކެޓް އަލުން ހެއްދުންފަދަ ކަންކަމުން ނެގޭ ފީއެވެ. މީގެއިތުރުން އިދާރީ ނުވަތަ ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ނެގޭ ޖޫރިމަނާ އާއި ބާ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ނެގޭ ފީންވެސް އާމްދަނީ ލިބޭނެއެވެ.

Advertisement

މީގެއިތުރުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް މިހާރު ގާނޫނުގައި ލާޒިމްކޮށްފައި އޮތްއޮތުން ބަދަލުކޮށް ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރާ ތަމްރީނުތައް ކުރިޔަށް ގެންދާގޮތަށް ރިއާޔަތްކޮށް ރައްޖެއަށް އެންމެ އެކަށޭނަ ތަމްރީނުގެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމުގެ ބާ ކައުންސިލަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަންފެށިއިރު ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިގާނޫނުގެ ދަށުން ހިންގާފައިވާ ޚާއްސަ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، އިމްތިހާނެއްގައި ބައިވެރިވުމަށްފަހުގައި ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކުން ބާ އިމްތިހާނު ހަދައި އަލުން ހުވާކުރަންޖެހޭކަމަށް އޮތްއޮތުން އުވާލުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

އަދި ގާނޫނީ ވަކީލުންގެ ސުލޫކީ ޝަކުވާގެ ގޮތުގައި ބާ ކައުންސިލަށް ހުށަހެޅޭނެ ޝަކުވާގެ ބާވަތްތައް ގާނޫނުގައި އިތުރަށް ތަފްސީލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް