ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 22:14
މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022
މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022
މޯލްޑިވްސް ޕޮލިސް
ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް
"މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022" ބާއްވައިފި
ވަޒީފާގެ މާހައުލާއި ދިރިއުޅުުމުގެ އެހެނިހެން ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމާގުޅޭ މައުލޫމާތު ދީފައިވޭ
ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުމާއި ޖަވާބުދާރީވުން އިތުރުކުރުމާއި ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތާއި, ޔޫކޭ ހައިކޮމިޝަނާއި, ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން، "މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022"ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން، އިސްކަންދަރު ބިލްޑިންގގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި; ވަޒީފާގެ މާހައުލާއި ދިރިއުޅުުމުގެ އެހެނިހެން ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމާގުޅޭ މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އަމިއްލަ ކެރިއަރު ކުރިއަރުވައި ހަރުދަނާކަމާއެކު ހިތްފަސޭހަކަން ގާއިމުކުރުމަށް މަސައްކަތްކުރުން، އުންމީދީ ލަނޑުދަނޑިތައް ކަނޑައެޅުން، އެހެން އަންހެނުންނަށް އިރުޝާދުދިނުން، ގާނޫނު ތަންފީޒުކުރުމުގައި އަންހެނުން ޝާމިލުވާ މުޖުތަމައެއް އޮތްކަން ހާމަކޮށްދިނުމާއެކު އަމިއްލަ ނަފުސަށް ވަކާލާތުކުރުމަށް މަސައްކަތްކުރުން، ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމާއެކު ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން އެކި ކަންކަމުގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރުން، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ދައުރާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް އަންްހެނުންނަށް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްފައިވެއެވެ.

އަދި ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުމާއި ޖަވާބުދާރީވުން އިތުރުކުރުމާއި ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 50 މުވައްޒަފުން ބައިވެރިވިއެވެ.

މި ކޮންފަރެންސް ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބޭއްވުމަށްވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 43 މިނެޓު ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް