ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 07:06
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓްރީ
ތަރައްގީގެ މަޝްރޫއުތައް
"އެބައެއްގެ ވަތަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް މި ހެދެނީ ދަރަނި ނަގައިގެން"
ކޮވިޑް-19ގެ ހާލަތުގައިވެސް ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދިޔަ
ރައީސްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަސާސީ ޚިދުމަތްތައް ގާއިމްކުރަައްވަން
މިހާތަނަށް އައި އިރު ރައްޔިތުންނަށް އެތައް ގޮތަކުން ބާރުތައް ދެވިއްޖެ

އަމިއްލަ ރަށުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހެދެނީ މިއަދު މި ދަރަނިތައް ނަގައިގެން ކުރެވޭ މަސައްކަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އާދިއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ކުރި މަސައްކަތުން ދިވެހިރާއްޖޭގެ ތާރިޚުގައި ރައްޔިތުންނަށް ނުދެވޭހާ ބާރުތައް ދެވި، ތަރައްގީގެ މަޝްރޫއުތައް ހިންގިއްޖެ ކަމަށެވެ. މިއީ ކޮވިޑް-19ގެ ހާލަތާ ކުރިމަތިލަމުން އަދި އެއާއެކު ކުރިމަތިވި އިގްތިސާދީ ކާރިސާގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ދަނޑިވަޅުވައި ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ފައްޔާޒް ވިދާޅުވީ މިއަދު ލޯނުތައް ނުނަގާ މިކަން ނުކޮށްފިއްޔާ މާދަމާ އަޅުގަނޑުމެންގެ ޅަ ދަރިން ޖެހޭނީ މާލޭގައި ގޭގޭގައި ގުލާމުކޮށްގެން މަސައްކަތްކުރަން ކަމަށެވެ. އެހެންވީމަ މިއަދު މިކަން ކޮންމެހެންވެސް ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުން ބާރުވެރިކުރުވުމުގެ މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަމާޒު ހިއްޕެވީ މާލެއާ އެއްފެންވަރަކަށް ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށްދެއްވުމަށް ކަމަށާއި، މީގެ ތެރެއިން އެތައް މަސައްކަތެއް މިހާރު ނިމިފައިވާކަން ފައްޔާޒު ފާހަގަކުރެެއްވިއެވެ.

އަސާސީ ޚިދުމަތްތައް ފުރިހަމަކުރެއްވުމާއި ހިސާބުން މަސައްކަތް ނިންމާނުލައްވާ ކަމަށާއި، އެބަޔަކު އުޅޭ ހިސާބެއްގައި އިގްތިސާދީ ހަރަކާތްތަކެއް ހިނގައި، ވަޒީފާތަކެއް އުފެދެންޖެހޭ ކަމަށް ރައީސް ގަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4 އިގްތިސާދީ ހަބު ގާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި، ހަނިމާދޫ އެއަރޕޯޓަކީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރަން ނިންމީ މި މަސައްކަތުގެ ތެރެއިން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

- ކޮމެންޓް