ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 22:00
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
ރާއްޖެއެމްވީ
ހަނިމާދޫ އިންރޓަރނޭޝަނަލް އެއަރޕޯޓު
ހަނިމާދޫ ދާއިރާގެ މެމްބަރު ހުންނެވީ މި ވެރިކަމުގައި ހަނިމާދޫ އެއާޕޯޓް ނިމޭނެކަމުގެ އުންމީދުގައި
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭ އެއް އިމާރާތްކުރެވޭނެ
މި މަޝްރޫޢުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޤާއިމްކުރާނެ

ހަނިމާދޫ އިންރޓަރނޭޝަނަލް އެއަރޕޯޓު މަސައްކަތް މި ވެރިކަމުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ހަނިމާދޫ އިންރޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވާހަކަދައްކަވަމުން އޭނާ ވަނީ އެ މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން، މުޅި ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފާހަގަކުރައްވާފައެވެ. މާލެ ފިޔަވާ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫޢު ބޮޑު ތިލަދުންމަތީގައި ހިންގުމަކީ ލިބުނު އުފަލެއް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޢަފޫރު ވިދާޅުވީ އެ އެއާޕޯޓް ވެގެން ދާނީ ރާއްޖޭގެ އެންމެ ހިތްގައިމު އެންމެ ތަނަވަސް އެއާޕޯޓަށް ކަމަށެވެ.

މީގެ އިތުރުން އެ އެއާޕޯޓުގެ މަސައްކަތް ސަރުކާރު ވެރިކަމަށް އައި ހިސާބުން ކުރަމުންދާ ކަމަސާއި އެންމެ ފުރަތަމަ ސަރުކާރުން މަސައްކަތް ކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކާމިޔާބުނުވުމުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެ މަސައްކަތްކުރެވޭތޯ ބެލިކަމަށާއި އެ މަސައްކަތް ވެސް ކާމިޔާބު ނުވި ކަމަށް ޢަފޫރު ވިދާޅުވިއެވެ. އެ ހިސާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެބީ ލޯނެއް ނަގައިގެން އެ މަސައްކަތް ކުރަން ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު އެ މަސައްކަތް ފެށީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކުރެހުން ކުރަހާ، އެ މަންޒަރުތައް ދައްކައިގެން ލައްކަ ގިނަ ވާހަކަ ރައްޔިތުން ކައިރީގައި ދެއްކި. އިރާދަކުރެއްވިއްޔާ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިކަމައިގެން ކުރިއަށް ވަޑައިގެން މި އެއްބަސްވުމުގައި ސޮއިކުރީ މި މި ސަރުކާރުން
މެމްބަރު އަބްދުލް ޢަފޫރު މޫސާ

މި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޖޭއެމްސީއަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރަން ނިންމާފައިވަނީ، 136،625386.44 (ސަތޭކަ ތިރީސް ހަ މިލިއަން ހަ ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ އަށްޑިހަ ހަ އެމެރިކާ ޑޮލަރު، ސާޅީސް ހަތަރު ސެންޓް)އަށެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް އިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

- ކޮމެންޓް