ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 13:29
މާރުކޭޓުގައި މިރުސް ތިޔާގި
މާރުކޭޓުގައި މިރުސް ތިޔާގި
ރާއްޖެ އެމްވީ
ރަމަޟާން 1438
މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!
ދުވާލަކު 50 ކިލޯ މިރުސް ވިއްކާލެވޭ
މިރުސްކިލޯއެއް އުޅެނީ 100ރ. އަށް
ކަނޑޫދޫ މިރުހަށް ޑިމާންޑް ބޮޑު

ލޯކަލް މާރުކޭޓުގައި މިރުސް ތިޔާގި އިރު، އެންމެ ގިނައިން ހުރީ، ކަނޑޫދޫ މިރުހެވެ.

ތ ކަނޑޫދޫ މިރުސް މާރުކޭޓުގެ ގިނަ ވިޔަފާރިވެރިން ވިއްކަނީ އެ މިރުހަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަަބަބުންކަމަށް މިރުސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

އެގޮތުން ކަނޑޫދޫ މިރުހުގެ ކުޅިކަން ގަދަވެފައި ރަހަވެސް މީރު ކަަމަށް،މާރުކޭޓުގައި މިރުސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

"ދުވާލަކު 40 ކިލޯ 50 ކިލޯ ވިއްކާލެވޭނެ. އެންމެ މަދުވެގެންވެސް 25 ކިލޯ ވިއްކާލެވޭނެ." މިރުސްވިއްކާ ފަރާތަކުން ފާހަގަކުރި އެވެ.

މާރުކޭޓުގައި މިރުސް ކިލޯއެއްގެ އަގު އުޅެނީ 100 ގްރާމް 15ރ. އާއި 20ރ. ދެމެދުގެ އަގުތަކެއްގަ އެވެ. މިރުސް ކިލޯއެއްގެ އަގު އުޅެނީ، 100ރ. އަށެވެ. މިރުހުގެ އަގު ދަށްވެފައިވަނީ، މިރުސް ލިބެން ހުންނަ ވަރު މާރުކޭޓުގައި އިތުރުވުމުން ކަމަށް މިރުސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި ދެން އެންމެ ގިނައިން ހުރީ ލ އަތޮޅުގެ މިރު އެވެ. ލ އަތޮޅު ވެސް ކަނޑޫދޫގައި އުފައްދާ  މިރުހުގެ މުޑުުވަތް ހައްދަމުންދާ އިރު، ކަނޑޫދޫ މިރުހާއި ލ އަތޮޅު އުފައްދާ މިރުހުގެ ރަހާއިގައި ތަފާތުތަކެއް ހުންނަ ކަމަށް، މިރުސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މިދުވަސް ވަރު ގިނަ އަދަދެއްގެ މިރުސް ގެންނަ އިރު ހަފްތާއަކު ދޭއް ނުވަތަ ތިން ޓަނުގެ މިރުސް މާރުކޭޓަށް ގެންނަކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

"ތ އަތޮޅު ކަނޑޫދޫގައި ނޯވޭ، މިރުސް ސަޕްލައި ކުރާ ބޯޓެއް. އާއްމުކޮށް، މިރުސް ގެންނަނީ އެއަތޮޅުގެ ތިން ބޯޓަކުން. އެއީ ތިމަރަފުށީ ދެ ބޯޓަކާއި ލ އަތޮޅުގެ ބޯޓެއް. އެންމެ ގިނައިން ގެންނަނި ތިމަރަފުށީ ބޯޓުތަކުން." ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރި އަކު ބުންޏެވެ.

ލޯކަލް މާރުކޭޓުގައި މިރުހުގެ އަގު ހެޔޮވެފައިވާއިރު ރަމަޟާން މަސް ފެށުނު އިރު މިރުސްކިލޯއެއް ވިއްކާފައިވަނީ 800ރ. އަށެވެ.

ކަރާގެ އަގަށް ބަލާ އިރު، ކަރާ ކިލޯއެއްގެ އަގު ވަނީ 40ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ކަރާގެ އަގު އުފުލުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ޖުމްލަކޮށް ހުރިހާ ބާވަތެއްގެ އަގުވެސް ދަށަށްދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް