Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 14:17
އައިސްޕްލާންޓުތަކުގެ ތަޅުދަނޑި ފެނަކައާ ހަވާލުކުރުން
އައިސްޕްލާންޓުތަކުގެ ތަޅުދަނޑި ފެނަކައާ ހަވާލުކުރުން
ފެނަކަ ކޯޕަރޭޝަން
އައިސްޕްލާންޓު ހަވާލުކުރުން
މަސްވެރިންނަށް ބޭނުންވާ އައިސް ހުއްޓުމެއްނެތި ލިބޭނެ: ސައީދު
އައިސްޕްލާންޓުތަކުގައި މަރާމާތު މަސައްކަތްތަކެއް ކުރަންޖެހޭ
ޚަރަދު ކުޑަކޮށް މަސައްކަތް ކުރުމަށް ސޯލަރ ފެނަލް ހަރުކުރެވޭނެ
މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖް ގާއިމްކުރަން މަސައްކަތްކުރާނަން

މަސްވެރިންނަށް ބޭނުންވާ އައިސް ހުއްޓުމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ދެއްވައިފިއެވެ.

މިފްކޯގެ ދަށުން ހިންގަމުން އައި 14 އައިސްޕްލާންޓެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިން މި ޚިދުމަތް ފޯރުކޮށްދޭނީ އިތުބާރާއި ޔަގީންކަމާއެކުގައި ކަމަށެވެ.

މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ކުރިއަށްދާނީ މަސައްކަތް ހުއްޓިފައިހުރި ޕްލާންޓުތަކާއި މަރާމާތުކުރަންޖެހޭ ޕްލާންޓުތަކުގެ މަސައްކަތް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި މަރާމާތުތަކުގެ ތެރެއިން އެ ޕްލާންޓުތައް 24 ގަޑިއިރު ހިންގޭނެ މެކޭނިޒަމެއް ގާއިމްކުރެވިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

ޚަރަދު ކުޑަކޮށް މި މަސައްކަތް ކުރުމަށް ފެނަކައިގެ ކޭބަލް ނެޓްވޯކާ ގުޅުމާއި، ސޯލަރ ޕެނަލް ހަރުކުރެވެން ހުރި ޕްލާންޓުތަކުގައި އެ ނިޒާމު ގާއިމުކުރެވިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން އައިސް ޕްލާންޓުތަކުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖްތަކެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ސައީދު ވިދާޅުވިއެވެ. މި ނިޒާމާއެކު މަސްވެރިންނަށް އެތަންތަނުގައި މަސް ރައްކާކޮށްގެން ވިއްކޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މި މަސައްކަތް މިގޮތަށް ކުރެވިއްޖެނަމަ މަސްވެރިންނަށް ވަރަށް ބޮޑު ތަސައްލީއެއް ހޯދައިދެވިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ސައީދު ވަނީ ދެއްވާފައެވެ.

މިފްކޯއިން ހިންގަމުންދިޔަ އައިސްޕްލާންޓުތަކުގެ ތެރެއިން 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފައިވާއިރު، މި އައިސްޕްލާނުތަކުގެ މަރާމާތު މަސައްކަތްތަކެއް ކުރަންޖެހޭކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަރާމާތުތަކާއި، ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ފެނަކައިން ތައްޔާރަށް އޮތްކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް