Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 13:52
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ
ރާއްޖެއެމްވީ
މިފްކޯ އައިސްޕްލާންޓުތައް
އައިސްޕްލާންޓުތައް ފެނަކައިން މާ ރަނގަޅަށް ހިންގާނެ: ފައުޒީ
މިފްކޯއިން އައިސްޕްލާންޓުތައް ހިންގަމުންދިޔައީ ވަރަށް އުނދަގުލުގައި
މިފްކޯއިން މި މަސައްކަތް ކުރި ޚަރަދު ވަރަށް ބޮޑު

ފެނަކައިން އައިސްޕްލާންޓުތައް ހިންގުމުގެ މަސައްކަތް މާ ފުރިހަމައަށް ކުރާނެ ކަމަށް ގަބޫލުކުރައްވާކަމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިފަދައިން ވިދާޅުވީ މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ފައުޒީ ވިދާޅުވީ މިފްކޯއިން ޖުމްލަ 22 އައިސްޕްލާންޓެއް ހިންގަމުންދިޔައިރު، އެ އައިސްޕްލާންޓުތައް ހިންގަމުންދިޔައީ ގިނަ ގޮންޖެހުންތަކަކާއެކުގައި ކަމަށެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުމާއެއްކޮށް މިފްކޯއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށާއި ވަކިން ޚާއްސަކޮށް މިފްކޯގެ ގިނަ މަސައްކަތްތަކަކީ ތެޔޮ އަންދައިގެން ކުރާ މަސައްކަތްތަކެއް ކަމުން ތެލުގެ އަގަށް އަންނަ ބަދަލާއެކު މިފްކޯއަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާ ކަމަށް ފައުޒީ ވިދާޅުވިއެވެ. އެގޮތުން މިކަމަށް ކުރާ ޚަރަދު ވަރަށް ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ.

Advertisement

ފައުޒީ ވިދާޅުވީ މިފްކޯއިން ޖަނަރޭޓަރު ހިންގައިގެން ކުރި މަސައްކަތް، ފެނަކައިގެ އިންޖީނުގެތަކާ ގުޅާލައިގެން މާ ފުރިހަމައަށް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ހިންގަމުންދާ އައިސްޕްލާންޓުތަކުގެ ތެރެއިން 14 އައިސްޕްލާންޓެއް މިހާރު ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. އަދި އިތުރު އައިސްޕްލާންޓުތަކެއް ފެނަކައާ ހަވާލުކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް