ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 18:01
އޭޝިޔާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް
އޭޝިޔާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް
މިނިސްޓްރީ އޮފް ޑިފެންސް
އޭޝިޔާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް
މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން އަރައިގަތުމަށް ކުދި ގައުމުތަކަށް، ބޮޑެތި ގައުމުތަކުގެ އެހީ އަދިވެސް ބޭނުންވޭ: މާރިއާ
މިކޮންފަރެންސްގެ ހަވާސާގެ ބޭރުން މިނިސްޓަރ މާރިޔާ ވަނީ އެކި ޤައުމުގެތަކުގެ މިނިސްޓަރުންނާއި ސަފީރުންނާއި އޭޖެންސީތަކުގެ ވެރިންނާއި ބައްދަލުކުރައްވާފައި
މިއީ ކާރިސާތަކުން ލިބޭ ގެއްލުންތަކާއި، ގެއްލުންތައް ކުޑަ ކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން އަރައިގަތުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބޮޑެތި ޤައުމުތަކުން މާލީ އެހީތެރިކަން އަދިވެސް ބޭނުންވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވިދާޅު ވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ​​އޮސްޓްރޭލިއާގެ ބްރިޒްބަންގައި މިހާރު ކުރިޔަށްދާ "އޭޝިޔާ-ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" ގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވަނީ "ސެންޑާއީ ފްރޭމްވޯކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" މުއާހަދާގައި ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރާއްޖެ ކަހަލަ ބިންތިރި ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކާރިސާތަކަކީ އެކަމުގެ ނުރައްކާ އިންތިހާއަށް އޮތް ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އެކަމުން ރައްކާތެރިވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް ޤައުމުތަކުން ގުޅިގެން މިކަމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

އޭޝިޔާ-ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސަކީ އޭޝިޔާ އަދި ޕެސިފިކް ސަރަޚައްދުގެ ޤައުމުތަކުން ކާރިސާތަކުން ލިބޭ ގެއްލުންތަކާއި، ގެއްލުންތައް ކުޑަ ކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސްއެވެ. މި ސަރަހައްދުގެ ވަޒީރުންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދާ މިކޮންފަރެންސްގައި ވޭތުވެ ދިޔަ އަހަރުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖޭއިން ކޮށްފައިވާ މަސައްކަތްތަކާއި، ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކާއި ގެއްލުން ކުޑަކުރުމާއި، ވިލުންވެރި އިސްތިރާޖީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ހިއްސާކޮށްފައިވެއެވެ.

މިހިނގާ ސެޕްޓެމްބަރ މަހުގެ 19 އިން 22ގެ ނިޔަލަށް އޮސްޓްރޭލިއާގެ ބްރިސްބަންގައި ކުރިއަށްދާ މިކޮންފަރެންސްގައި 3 ދާއިރާއަކުން ވަނީ މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކާރިސާތަކަށް ތައްޔާރުވެފައިވާ ވިލުންވެރި މުޖުތަމައަކަށް އިންވެސްޓުކުރުން، ވިލުންވެރި ޚިދުމަތްތައް އެކުލެވޭ ބިނާވެއްޓެއް ޤާއިމްކުރުން އަދި ވިލުންވެރި މުޖުތަމައެއް ބިނާ ކުރުމެވެ.

މިކޮންފަރެންސްގެ ހަވާސާގެ ބޭރުން މިނިސްޓަރ މާރިޔާ ވަނީ އެކި ޤައުމުގެތަކުގެ މިނިސްޓަރުންނާއި ސަފީރުންނާއި އޭޖެންސީތަކުގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން؛ ނިއުޒިލޭންޑް ގެ މިނިސްޓަރ އޮފް އިމަރޖެންސީ މެނޭޖްމަންޓް ކެރަން މެކްއެނަލްޓީ އާއި، އދގެ ސްޕެޝަލް ރެޕްރެސެންޓޭޓިވް އޮފް ދަ ސެކްރެޓަރީ ޖެނެރަލް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން މަމީ މިޒުޓޯރި ފަދަ ބޭބޭފުޅުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

- ކޮމެންޓް