ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 16:02
ވާރލްޑް ކަޕް ފޯރި ކެމްޕެއިން
ވާރލްޑް ކަޕް ފޯރި ކެމްޕެއިން
ެރެފްކޫލް
ވާރލްޑް ކަޕް ފޯރި ކެމްޕެއިން
ރެފްކޫލް ވާރލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ޖޭވް އެންޑްރޮއިޑް ޓީވީތަކުން ބޮޑު ޑިސްކައުންޓެއް
 
ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަހަރުގެ ޑިސެމްބަރު 18ގެ ނިޔަލަށް

ރެފްކޫލް ވާރލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ޖޭވް އެންޑްރޮއިޑް ޓީވީތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރެފްކޫލް ވާރލްޑް ކަޕް ފޯރި ޕްރޮމޯޝަން ކުރިއަށްގެންދާނީ މިއަހަރުގެ ޑިސެމްބަރު 18ގެ ނިޔަލަށެވެ.

ރެފްކޫލްގެ މާކެޓިންގ އެގްޒެކްޓިވް މިދުހަތު އަބޫބަކުރު ރާއްޖެއެމްވީއަށް ވިދާޅުވީ، ވާރލްޑްކަޕަށް ޚާއްސަކޮށްގެން އެކުންފުނިން ކުރިއަށްގެންދާ އެ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ރަނގަޅު ޕިކްޗަރ ކޮލިޓީއެއްގެ ޓީވީއަކުން މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ޖޭވް ބްރޭންޑުގެ ޓީވީތަކުން ކަސްޓަމަރުންނަށް ބޮޑު ޑިސްކައުންޓުތަކެއް ލިބޭނެކަމަށާއި، ޓީވީ ގަންނައިރު 6 މަސް ދުވަހުގެ ވޮރެންޓީއާއި ސަރވިސްކުރުމުގެ ޚިދުމަތްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރެފްކޫލްއިން ޖޭވް އެންޑްރޮއިޑް ސްމާރޓް ޓީވީ ބާޒާރަށް ނެރެފައިވަނީ 18 އޯގަސްޓް 2022 ގައެވެ. މިދުހަތު އަބޫބަކުރު ވިދާޅުވީ، ބާޒާރަށް ނެރެފައިވަނީ މި ޓީވީގެ 7 ސައިޒެއް ކަމަށެވެ. އަދި އެކި ރިޒޮލިއުޝަންގައި ޓީވީ ލިބޭނެ ކަމަށެވެ.

އެންޑްރޮއިޑްގެ އެންމެ ފަހުގެ ސޮފްޓްވެއަރ ހުންނަ އެ ޓީވީތަކަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި މި ކޮލިޓީގެ ޓީވީތަކާ އަޅައިބަލާއިރު އަގުވެސް ހެޔޮ ޓީވީތަކެއްކަމަށް ރެފްކޫލްއިން މައުލޫމާތުދެއެވެ.

ރެފްކޫލްއިން ވަނީ ޖޭވް ޓީވީގެ 32 އިންޗިން ފެށިގެން 82 އިންޗިއާ ދޭތެރޭގެ، 6 ސައިޒެއްގެ ޓީވީ ބާޒާރަށް ނެރެފައެވެ. ޓީވީތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް 2،500 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ދޭތެރޭގައެވެ.

ރެފްކޫލްގެ މާލޭ އައުޓްލެޓާއި ސޯސަންމަގުގައި ހުންނަ ލެޓްސް ކޫލް އައުޓްލެޓް އަދި ހުޅުމާލޭގައި ހުންނަ ލެޓްސް ކޫލް އައުޓްލެޓުން ޖޭވް ޓީވީ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް