ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 07:38
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓު ވޮލީ މުބާރާތް
ފަހަތުން އަރައި ވައްކަރު މޯލްޑިވްސް ބަލިކޮށް އަނަންތަރަ ފައިނަލަށް
އަނަންތަރައިން ވައްކަރު މޯލްޑިވްސް ބަލިކުރީ މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެން

އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޕްލޭ އޮފްގައި ވައްކަރު މޯލްޑިވްސް ބަލިކޮށް އަނަންތަރަ ކިހާވަކުން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

ޕްލޭ އޮފް މެޗުގައި އަނަންތަރައިން ވައްކަރު މޯލްޑިވްސް ބަލިކުރީ މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. ފުރަތަމަ ސެޓު ވައްކަރު މޯލްޑިވްސް އިން ކާމިޔާބުކުރީ 18-25 އިންނެވެ. އަނަންތަރަ އިން ދެވަނަ ސެޓު ހޯދީ ވެސް 25-18 އިންނެވެ. ތިންވަނަ ސެޓުގެ ކުޅުން ދިޔައީ ވާދަވެރިކޮށެވެ. މި ސެޓު އަންނަތަރަ އިން ކާމިޔާބުކުރީ 25-23 އިންނެވެ. ފަހު ސެޓަށް ނިކުމެ އަނަންތަރަ އިން މި ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އަނަންތަރައިގެ މުޙައްމަދު ރިމާޒްއެވެ.

މުބާރާތުގެ ފައިނަލްގައި އަނަންތަރަ ނުކުންނާނީ އަމިއްލަފުށި މޯލްޑިވްސްއާ ދެކޮޅަށެވެ. އަމިއްލަފުށި ފައިނަލަށް ދަތުުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ހަވީރުއެވެ.

މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް