ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 07:30
އުނގޫފާރު ސްކޫލްގެ މަސައްކަތް ހަވާލުކުރުން
އުނގޫފާރު ސްކޫލްގެ މަސައްކަތް ހަވާލުކުރުން
އެޑިއުކޭޝަން މިނިސްޓްރީ
އުނގޫފާރު ސްކޫލް
އުނގޫފާރު ސްކޫލްގެ 8 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
 
މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެއް

ރ.އުނގޫފާރު ސްކޫލް 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 10,169,545.89ރ (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަ ހާސް ފަސްސަތޭކަ ސާޅީސް ފަސް ރުފިޔާ އައްޑިހަ ނުވަ ލާރި) އަށެވެ. އަދި މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާއިހް ނަޖީބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް