Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2022 | ހޯމަ 21:01
ވިއައިއޭގެ އަލަށް ތައާރަފު ކުރި ސެކިއުރިޓީ ޚިދުމަތް
ވިއައިއޭގެ އަލަށް ތައާރަފު ކުރި ސެކިއުރިޓީ ޚިދުމަތް
އެމްއޭސީއެލް
ވީއައިއޭގައި ސެކިއުރިޓީ ބަލަހައްޓަން އައު ޚިދުމަތެ
ވީއައިއޭއިން "އެސެޓް ސެކިއުރިޓީ ސަވިސަސް" އުފައްދައިފި
އައު ސެކިއުރިޓީ ހިދުމަތާ އެކު އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާވާނެ
"އެސެޓް ސެކިއުރިޓީ ސާވިސަސް"ގެ ޔުނިފޯމުވެސް ތައާރަފުކުރި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރ އާއި ހަރުމުދަލުގެ ސެކިއުރިޓީ ބަލަހައްޓަން "އެސެޓް ސެކިއުރިޓީ ސާވިސަސް" ގެ ނަމުގައި އައު ޚިދުމަތެއް ތައާރަފު ކޮށްފިއެވެ،

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި މި ޚިދުމަތް ފޯރުކޮށްދޭނީ އެއާޕޯޓް ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލައަންސް ޑިޕާޓްމަންޓުގެ ދަށުންނެވެ. މި ޚިދުމަތުގައި މަސައްކަތް ކުރާ ސްޓާފުންނަކީ ތަމްރީން ލިބިފައިވާ ސެކިއުރިޓީ ސްޓާފުން ކަމަށާއި އެ މީހުންގެ މަސައްކަތަކީ އެއަރޕޯޓުގެ މުދަލާއި ތަކެތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އާދީއްތަ ދުވަހު މި ޚިދުމަތާއެކި އެމްއޭސީއެލް އިން ވަނީ އެ ޚިދުމަތްދޭ ސެކިއުރިޓީ ގާޑުންގެ ޔުނިފޯމުވެސް ތައާރަފު ކޮށްފައެވެ.

އެމްއޭއެސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ އެއާޕޯޓަށް އަންނަމުންދާ ތަރައްގީއާ އެކު ގޮންޖެހުން ކުރިމަތިވާނެ ކަމަށާއި އެހެންވެ އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ކުރިން ވަކި ރަށެއްގެ ގޮތުގައި އެއާޕޯޓު އޮތުމުން ސެކިއުރިޓީ ބަލަހައްޓަން ފަސޭހަ ވިނަމަވެސް މާލެ އާއި ހުޅުމާލެއިން ވެސް ފަސޭހަ ކަމާއެކު އެއާޕޯޓަށް ދެވޭ ގޮތް ހެދުމާއެކު އިތުރު ގޮންޖެހުންތައް ދިމާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

އައު ސެކިއުރިޓީ ހިދުމަތާ އެކު އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާވާނެ ކަމަށް ވެސް ތޯހާ ވިދާޅުވިއެވެ.

އަލަށް ތައާރަފުކުރި އެއާޕޯޓުގެ ސެކިއުރިޓީ ހިދުމަތުން ބަލަހައްޓާނެ ތަންތަނުގެ ތެރޭގައި އައު ސީޕްލޭން ޓާމިނަލާއި އައު ފިއުލް ފާމް ސަރަހައްދާއި އައު ކާގޯ ޓާމިނަލާއި އެއަރ ޓްރެފިކް މެނޭޖްމަންޓު އިމާރާތާއި އިންޖީނުގެއާއި ވޯޓާ ސަޕްލައި އިމާރާތާއި އެމްއޭސީއެލްގެ އިދާރީ އިމާރާތާއި އެއަރޕޯޓުގެ ލޭންޑްސައިޑް ބައުންޑަރީ ފެންސާއި ޕާކިން ސަރަހައްދު ހިމެނެއެވެ.

މީގެ އިތުރުން، އެއަރޕޯޓުގެ ފަޔާ އެލާމް ކޮންޓްރޯލް ޕެނަލްތަކާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތަކާއި ސީސީޓީވީ ސިސްޓަމްތައް ވެސް ބަލަހައްޓައި އޮޕަރޭޓުކޮށް، ޓާމިނަލް ސަރަހައްދު ޕެޓްރޯލް ކުރާނީ އެސެޓް ސެކިއުރިޓީ ސާވިސަސް އިން ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް