ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 21:58
ޕްލޭނިންގ މިނިސްޓަރ އަސްލަމް
ޕްލޭނިންގ މިނިސްޓަރ އަސްލަމް
ޝުއައިބް މުހައްމަދު އިގްބާލް
މާލޭ މީހުންނަށް ގޯތި ދިނުން
ގޯތި ދޭއިރު، މާލޭ މީހުންގެ ގޮތުގައި ބަލާ މިންގަނޑަށް ލުޔެއް
މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމުގައި ވާނަމަ، އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާ މީހެއްކަމުގައި ވާނަމަ އެ މީހަކީ މާލޭ މީހެއްކަމަށް ބެލެވޭނެ
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހު

މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެގޮތުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން، މާލޭ މީހުންގެ ގޮތުގައި ބަލާ މިންގަނޑަށް ލުޔެއްދީފިއެވެ.

ސަރުކާރުން އެކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ކުރިން އުސޫލު އެކުލަވާލާފައިވާގޮތުން, ހުޅުމާލެއާއި ގުޅީފަޅުން ގޯތިދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭއިރު، މާލޭ މީހުންގެ ގޮތުގައި ބެލެވޭނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިނުވާ މީހުން އެކަންޏެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހު އެ އުސޫލަށް ގެނެސްފައިވާ އިސްލާހުގައި ބުނާގޮތުން، ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރެޖިސްޓްރީވެފައި އޮތްނަމަވެސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމުގައި ވާނަމަ، އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާ މީހެއްކަމުގައި ވާނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ސަރުކާރުން ވަނީ މާލޭ މީހުންނަށް ގޯތި ދިނުމުގެ އިތުރުން މާލޭ މީހުންނަށް ފްލެޓް ދިނުމަށް ޚާއްސަ ސްކީމެއް ވަނީ އިއުލާންކޮށްފައެވެ. އެ ސްކީމްގެ ދަށުން 4000 ފްލެޓް ދޫކުރާނެއެވެ.

- ކޮމެންޓް
16 ސެޕްޓެންބަރ 2022 | ހުކުރު 14:58
ރަނގަޅު
ބިންވެރިޔާ ސްކީމް ގެ މުއްދަތު ވެސް އިތުރު ކޮށްދެއްވާ.. މިފުރުޞަތާއެކު ވަރަށް ގިނަ ބޭފުޅުން އިތުރު ދުވަސްކޮޅެއް ވެސް ބޭނުން ވާނެ ކަމަށް ގަބޫލު ކުރެވޭ.
16 ސެޕްޓެންބަރ 2022 | ހުކުރު 13:54
މުޙައްމަދު
ކުރިން އުސޫލު އޮތް ގޮތުން މި ސް ކީމަށް ކުރިމަތި ނުލެވި އެތައް ބައިވަރު ރައްޔިތުންނެއް އެބަތިބި، ވީމާ އެފަދަ ފަރާތްތަ ކަށް އަދި ވަގުތުވެސް ބޭނުންވޭ ކުރިން ރައްވެހިވެފައިވާ ރަށުން އުނި ކޮށް މާލޭގެ ރަށްވެހި ކަމަށް ބަދަލުވާން. ވީމާ ބިންވެރިޔާ ސް ކީމަށް ކުރިމަތި ލުމުގެ މުއްދަތުވެސް އިތުރު ކޮށްދެއްވުން އެދެން.