ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 14:33
ޑިމޮކްރަސީ ޑޭ ފެސްޓިވަލްގެ ސްޓޯލްތަކެއް
ޑިމޮކްރަސީ ޑޭ ފެސްޓިވަލްގެ ސްޓޯލްތަކެއް
ރާއްޖެއެމްވީ
ޑިމޮކްރަސީ ދުވަސް
އެމްއެންޔޫއިން "ޑިމޮކްރަސީ ޑޭ ފެސްޓިވަލް" ފަށައިފި
 
މިއީ ޑިމޮކްރަސީއަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ފަށާފައިވާ ހަރަކާތެއް
 
ދުވަހާ ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވާނެ

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން "ޑިމޮކްރަސީ ޑޭ ފެސްޓިވަލް" ފަށައިފިއެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން އެމްއެންޔޫގައި ކުރިއަށްގެންދާ މި ފެސްޓިވަލްއަކީ އެމްއެންޔޫގެ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔަވާ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ ފެސްޓިވަލްއެކެވެ.

މި ފެސްޓިވަލްގައި "ފެސްޓިވަލް ސްޓޯލްތަކެއް" ބަހައްޓާފައިވާއިރު މި ސްޓޯލްތަކުން ކުޅިވަރުތަކެއްގެ ތެރެއިން ޑިމޮކްރަސީގެ މައުލޫމާތު ހިއްސާކުރާނެއެވެ. ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން 15:00 އަށް އަދި 18:00 އިން 21:00 އަށް މި ފެސްޓިވަލް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ދުވަހާ ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. މި ދާއިރާގެ 3 ފަންނުވެރިއަކު ޕެނަލް ޑިސްކަޝަންގައި ބައިވެރިވާނެއެވެ. މި ޕެނަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އިން 17:00 އަށް އެމްއެންޔޫ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ.

މި ފެސްޓިވަލްއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފެކަލްޓީ އޮފް އާރޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ މި ހުރިހާ ހަރަކާތަކީވެސް ވަރަށް ބޮޑަށް އިލްމުން ފުރިގެންވާ ހަރަކާތްތަކެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ އުސޫލުތައް ދަރިވަރުންނަށް އެނގި، އެކި އެކި ހާލަތްތަކުގައި އެ ބޭނުންކުރަން އެނގޭނެކަން ޔަގީންކުރުމަށް ފަށާފައިވާ ފެސްޓިވަލްއެއް ކަމަށް އާސިމް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ. އދ ގެ އާއްމު މަޖިލީހުގެ ގަރާރަކުން އެގޮތަށް ފާސްކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް