ކ. މާލެ
|
19 ޖޫން 2017 | ހޯމަ 20:33
އެލްއޭ ލައިފްސްޓްއިލް ޝޯވްރޫމް
އެލްއޭ ލައިފްސްޓްއިލް ޝޯވްރޫމް
ރާއްޖެއެމްވީ
އެލްއޭ ލައިފްސްޓައިލް
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
ޝާޕް އަކީ ޖަޕާންގެ ކުއަލިޓީ ޕްރޮޑަކްޓެއް
އެލްއޭ ލައިފްސްޓައިލް ހުންނަނީ އޮފްރޯޑް ފިހާރަ ކައިރި ކަޅުހުރާ މަގުގަ
ހާއްސަ ޕްރޮމޯޝަނެއް ފޭސްބުކްގައިވެސް ކުރިއަށްއެބަދޭ

ރާއްޖޭގެ ބާޒާރަށް ޝާޕް ބްރޭންޑްގެ އުފެއްދުންތައް އަލުން ތަޢާރުފުކޮށް އައު ޝޯރޫމެއް ހުޅުވައިފިއެވެ.

އެލްއޭ ލައިފްސްޓްއިލްގެ ނަމުގައި ހުޅުވި މިފިހާރައަކީ ބާޒާރަށް މުޅިން އަލަށް ނެރޭ ޝާޕް އެއަރކޮންޑިޝަނަރއަކަށް ހާއްސަކޮށްގެން ހުޅުވި ޝޯވްރޫމެކެވެ.  

ޝާޕް އަކީ ޖަޕާންގެ ކުއަލިޓީ މޮޅު ޕްރޮޑަކްޓެކެވެ.

ޝޯރޫމް ހުޅުވުމަށްފަހު އެލްއޭ އެންޓަރޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އައިމަން އިބްރާހިމް ވިދާޅުވީ ބާޒާރަށް ނެރުނު އެއަރކޮންޑިޝަނަރ އަކީ މިހާރު ބާޒާރުގައި ހުރި އެންމެ ފީޗާރސް ގިނަ އެއް ޔުނިޓް ކަމަށާއި ހާއްސަކޮށް ރާއްޖެ ފަދަ ހޫނު ގަދަ ގައުމުތަކަށް ވަރަށް ހާއްސަ އެއަރކޮންޑިޝަނަރއެއް ކަމަށެވެ.

އައިމަން ފާހަގަކުރެއްވި ގޮތުގައި ޝާޕްގެ މިއުފެއްދުމަކީ ކަރަންޓް ޚަރަދު ކުޑަ އަދި ތަފާތު އިންވާޓަރ ސިސްޓަމްތަކެއް ހުންނަ ތިމާވެއްޓާއި ރައްޓެހިގޮތަށް ފަރުމާކޮށްފައިވާ އޭސީއެއް ކަމަށެވެ.

މިއޭސީގެ އެންމެ ފާހަގަކޮށްލެވޭ ފީޗާތަކުގެ ތެރޭގައި ބޭބީ މޯޑް ހިމެނެއެވެ. އަދި އެއްވެސް އެހެން ބްރޭންޑެއްގެ އެއަރކޮންޑިޝަންގައި ނުހިމެނޭ މި ފީޗަރއަކީ ކުޑަކުދިން އުޅޭ ތަންތަނަށް ހާއްސަކޮށް ރިސާރޗްތަކާއި އެކީ ފަރުމާކޮށްފައިވާ ފީޗާރއެކެވެ. އެގޮތުން ބޭބީ މޯޑް އޮން ކުރުމުން ކުއްޖާއާއި ސީދާ ފިނި އަމާޒުނުވެ ތަނުގެ ފިނިމިން އެއްވަރެއްގައި އޮޓޮމެޓިކްއިން ހިފަހައްޓައިދޭނެއެވެ.

މީގެ އިތުރުން މި އޭސީގައި ހިމެނޭ އިތުރު ފީޗާރސްތަކުގެ ތެރޭގައި ވައި ސާފްކޮށްދޭ ނިޒާމާއި ރިމޯޓްގައިވާ ލޮކް އޮން ކުރުމުން ރިމޯޓް ހިފަހައްޓައިގެން ހުންނަ މީހާއަށް ވަކިން ހާއްސަކޮށްދޭ ފަދަ ފީޗާސްތައް ހިމެނެއެވެ.

ޝާޕް އެއަރކޮންޑިޝަންގެ 1000 ބީޓީޔޫއިން ފެށިގެން 24000 ބީޓީޔޫއާއި ދެމެދުގެ އޭސީ ލިބެން އެބަހުއްޓެވެ.

މި އޭސީ ބާޒާރަށް ނެރުމާއި އެކު ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއްގެ އިތުރުން އެލްއޭ ލައިފްސްޓައިލްގެ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ.

އައިމަން ވިދާޅުވީ ގެސްޓްހައުސްތަކާއި ބޮޑެތި އިމާރާތްތަކުގައި ބެހެއްޓުމަށް ނަގާ އެއަރކޮންޑިޝަންތަކަށް ހާއްސަ އަގުތަކެއްވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ އެހެން ރަށްރަށަށް ޑެލިވަރކޮށްދިނުމުގެ ގޮތުން ދޯންޏާއި ހަމައަށް ގެންގޮސްދިނުމުގެ ފްރީ ޑެލިވަރީގެ ޚިދުމަތުގެ އިތުރުން އެކުންފުނީގެ ދަށުން ހިންގާ އޯލް މެއިންޓަނަންސް ސަރވިސްއަކީ އެއަރކޮންޑިޝަނަރއާއި ރެފްރިޖްރޭޓަރ މަރާމާތުކޮށްދިނުމުގެ އެތައް އަހަރެއްގެ ތަޖްރިބާ ލިބިފައިވާ ބައެކެވެ.

އެލްއޭ ލައިފްސްޓައިލް ހުންނަނީ އޮފްރޯޑް ފިހާރަ ކައިރި ކަޅުހުރާ މަގުގައެވެ.

- ކޮމެންޓް