ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 13:42
މެޗުގެ ކުރިން އޮތް ޕްރެސްގައި އަންޗެލޮޓީ
މެޗުގެ ކުރިން އޮތް ޕްރެސްގައި އަންޗެލޮޓީ
ޓްވީޓަރ
ޔުއެފާ ޗެމްޕިއަންސް ލީގު
ގްރޫޕް ސްޓޭޖުގައި މިއީ ވަރަށް މުހިންމު މެޗެއް: އަންޗެލޮޓީ
 
އަންޗެލޮޓީ ބުނީ ރެއާލްގައި އޮތް ސްކޯޑާއެކު އޭނާ އަށް މިއަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ނިކުންނައިރު، އެއީ ވަރަށް މުހިންމު މެޗެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ލައިޕްޒިގާ ދެކޮޅަށް ނިކުން މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ލައިޕްޒިގްގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ. އަންޗެލޮޓީ ބުނީ ސީޒަން ފެށި ކޮޅާ ގާތު ލައިޕްޒިގަށް އުނދަގޫ ތަކަކާ ދިމާވި ނަމަވެސް، އެންމެ ފަހުން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އެ ޓީމުން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެ މެޗުގައި ލައިޕްޒިގްގެ ސްޕީޑާއި، ކޮލެޓީ ވަރަށް ރަނގަޅެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ލައިޕްޒިގްގައި އޮތީ ވަރަށް ނުރައްކާތެރި ފޯވާޑް ލައިނެއް ކަމަށެވެ. ހަމައެކަނި ތަފާތީ ވާނާ ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި އެންކުންކޫ ވެސް ވަނީ ނިމުނު ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ސީޒަންގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށް އަންޗެލޮޓީ ބުންޏެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ކޮލެޓީ ދެއްކުމުގެ ފުރުސަތު ދީފި ނަމަ، ލައިޕްޒިގުން ވަރަށް ނުރައްކާ ކުރާނެ ކަމަށެވެ. އެހެންކަމުން މެޗުގައި ރެއާލުން ޑިފެންޑުކޮށްގެން ކުޅެން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެޓޭކްގައި ރަނގަޅު ކުރަން ޖެހޭނެ ކަން ވެސް އަންޗެލޮޓީ ފާހަގަކުރިއެވެ.

އަންޗެލޮޓީ ވަނީ ރެއާލްގެ ޓީމު އޮތް ގޮތާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް، އެ ސްކޯޑާއެކު އޭނާ އަށް މިއަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ބުނެފައެވެ.

އަމިއްލަ ދަނޑުގައި ރެއާލުން ސަލްސްބާގާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
50%
0%
ކޮމެންޓް