ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 08:11
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
އިންޓަ ރިސޯޓު މުބާރާތުގެ ތެރެއިން
ވީއޭއެމް
އިންޓަ ރިސޯޓު ވޮލީ މުބާރާތް
ދެވަނަ މެޗުގައި އަނަންތަރައިން ދުސިތު ތާނީ ވެސް ބަލިކޮށްފި
މި މެޗު އަނަންތަރަ އިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުން

އިންޓަ ރިސޯޓު ވޮލީ މުބާރާތުގެ ޒޯން ފަހެއްގައި ކުޅުނު ދެވަނަ މެޗު ވެސް އަނަންތަރަ ކިހާވަކުން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗުގައި އަންނަތަރަ ވަނީ ސޮނެވާ ފުށި ބަލިކޮށްފައެވެ. ދެވަނަ މެޗުގައި އަނަންތަރަ ވާދަކޮށްފައިވަނީ ދުސިތު ތާނީއާއެވެ. މި މެޗު އަނަންތަރަ އިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ އަނަންތަރަ އިންނެވެ. ވާދަވެރިކޮށް ދިޔަ މެޗުގެ ފުރަތަމަ ސެޓު އަނަންތަރަ އިން ކާމިޔާބުކުރީ 24-26 އިންނެވެ. ނަމަވެސް ދުސިތު ތާނީ އިން ވަނީ 25-17 އިން ދެވަނަ ސެޓު ކާމިޔާބުކޮށް، އުންމީދެއް ހޯދައިފިއެވެ. ނަމަވެސް އަނަންތަރަ އިން ވަނީ ޖެހިގެން އައި ދެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. ދެ ސެޓު ވެސް އަނަންތަރައިން ކާމިޔާބުކުރީ 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނަންތަރައިގެ އާދަމް ފައިރޫޒްއެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ އަނަންތަރައަށް ލިބެނީ ހަ ޕޮއިންޓެވެ. ދެ މެޗުން އަމިއްލަފުއްޓަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ޕޮއިންޓުގެ ގޮތުން ޓީމު އެއްވަރުވެފައިވާއިރު، ބުދަ ދުވަހުގެ ހަވީރު ސޮނެވާ ފުއްޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އަމިއްލަ ފުއްޓަށް އެބަ އޮތެވެ. ސޮނެވާ ފުއްޓާއި ދުސިތު ތާނީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް