ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 07:24
ކޮރަ ކޮރަ އަދި ދިގަލި މޯލްޑިވްސް އިން ކުޅުނު މެޗުގެ ތެރެއިން
ކޮރަ ކޮރަ އަދި ދިގަލި މޯލްޑިވްސް އިން ކުޅުނު މެޗުގެ ތެރެއިން
އިންޓަރ ރިސޯޓު ވޮލީ މުބާރާތް
ދިގަލި މޯލްޑިވްސް ބަލިކޮށް ކޮރަ ކޮރަ ޕްލޭ އޮފަށް
ދިގަލި މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު މެޗު ކޮރަ ކޮރައިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުން

އިންޓަރ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ހައެއްގެ ޕްލޭ އޮފްގެ ފަހު ޖާގަ ކޮރަ ކޮރައިން ހޯދައިފިއެވެ.

ކޮރަ ކޮރައިން ޕްލޭ އޮފްގެ ފަހު ޖާގަ ހޯދީ ލީގު ބުރުގެ ފަހު މެޗުގައި ދިގަލި މޯލްޑިވްސްގެ މައްޗަށް ކުރި ހޯދައިގެން، ތިންވަނަ ޓީމުގެ ގޮތުގައެވެ. ދިގަލި މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު މެޗު ކޮރަ ކޮރައިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު، ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކޮރަ ކޮރައިން ހޯދީ، 18-25، 21-25 އަދި 13-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮރަ ކޮރަގެ އަޙުމަދު މުޙައްމަދެވެ.

ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޯލި މޯލްޑިވްސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އެއީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނަ ޓީމާއި ތިންވަނަ ޓީމު ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ. ދެވަނަ ޓީމުގެ ގޮތުގައި ޕްލޭ އޮފުން ޖާގަ ހޯދި ޖޯލި ބީންއަށް ހަތަރު މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ. ކޮރަ ކޮރައަށް ހަތަރު މެޗުން ލިބެނީ ފަސް ޕޮއިންޓެވެ. ހަތަރުވަނައަށް ދިޔަ ސިޔާމް ވޯލްޑަށް ހަތަރު ޕޮއިންޓު ލިބޭއިރު، ފުލުގައި ދިގަލި މޯލްޑިވްސް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

- ކޮމެންޓް