Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 15:19
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު
ރައީސް އޮފީސް
ވިއަވަތި ރާއްޖެ
ޑަބްލިއުޑީސީ އުވާލާކަށް ނުފެނޭ، ފެންނަނީ މަސައްކަތް ކުރެވޭތޯ ބަލަން: ރައީސް
ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިއަށް ދިޔައީ މި މަހުގެ 11 އިން 12 އަށް
ރައީސް ވަނީ ޑަބްލިއުޑީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބަޖެޓުގެ ދަތިކަން ކަމަށް ފާހަގަކުރައްވާފައި
ޑަބްލިއުޑީސީ އަށް ދިމާވެފައިވާ ދަތިތައް ދެނެގަނެވިއްޖެ، އެކަންކަން ހައްލުކޮށްދޭނަން: ރައީސް

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިއުޑީސީ) ނުވަތަ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީ އުވާލަން ފެނިވަޑައިނުގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Advertisement

ލ.ގަމުގައި ކުރިއަށް ދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މަހާސިންތާގެ ތެރެއިން އަންހެނުންގެ ތަރައްޤީ އަށް މަަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ކޮމިޓީތަކާއި މެދު ތަފާތު ޚިޔާލުތައް ހުށަހެޅުނު އިރު އެ ހުށަހެޅުންތަކުގެ ތެރޭގައި އެ ކޮމިޓީތައް އުވާލާ ކައުންސިލްތަކާއި އެއްކޮށްލުމަށް ބައެއް ކައުންސިލްތަކުން ހުށަހެޅުއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ އެ މަނިކުފާނު ތައީދުކުރައްވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަކަށް ނުފެނޭ ޑަބްލިއުޑީސީ އުވާލާފައި ކައުންސިލާއި އެއްކޮށްލަންވީ ކަމަށް. އަޅުގަނޑަށް ފެންނަނީ މިހާރު އޮތް ގޮތަށް ގެންދެވޭތޯ މަސައްކަތްކުރަން
ރައީސް ޞާލިހު

ޑަބްލިއުޑީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބަޖެޓުގެ ދަތިކަމާއި، މަސައްކަތް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ކަންކަމަށް ގާނޫނީ ހައްލެއް ގެންނަން ޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފަހު އެކަން ހައްލު ކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުދުންތެރި، މާލީ ގޮތުން ބާރުވެރި މުޖުތަމައުތަކެއް ބިނާ ކުރެވޭނީ އިގްތިސާދީ ގޮތުން ބާރުވެރި ތަންތަނަށް ރަށްރަށް ބަދަލުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިމާރާތުގެ ދަތިކަމާއި ވަސީލަތުގެ ދަތިކަން ހުރި ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެެވެ. އަދި ބައެއް ކޮމިޓީތަކަށް ބަޖެޓުގެ ދަތިކަން އިންތިހާ އަށް އޮތް ކަމަށް އެ ކޮމިޓީތަކުން ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން ކޮމިޓީތަކަށް އެއްވެސް ވަރަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭ ރަށްތައް ވެސް ހުރިކަން ވެސް އެ ކޮމިޓީތަކުން ވަނީ ވިޔަވަތި ކައުންސިލްގައި ފާހަގަކޮށްފައެވެ. އެފަދަ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

ވިއަވަތި ކޮންފަރެންސް ކުރިއަށް ދިޔައީ މި މަހުގެ 11 އިން 12 އަށް ކަމަށް ވާއިރު އޭގެ ކުރިން ވަނީ ކޮންފަރެންސް އަށް ތައްޔާރު ވުމުގެ ބައްދަލް ވުންތަކެއް ބާއްވާފައެވެ. މި ކޮންފަރެންސްގައި ކައުންސިލްތަކާއި، މުއައްސަސާތައް އަދި އިދާރާތައް އިމެނޭހެން 200 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ

Advertisement

Advertisement
- ކޮމެންޓް