ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 10:16
މުބާރާތަށް ދިޔަ ރިވައިވަލްގެ ޓީމް: ފޮޓޯ-ރިވައިވަލް ސްޕޯރޓްސް
މުބާރާތަށް ދިޔަ ރިވައިވަލްގެ ޓީމް: ފޮޓޯ-ރިވައިވަލް ސްޕޯރޓްސް
ރިވައިވަލްގެ ކުޅުންތެރިން އިންޑިޔާ މުބާރާތަކަށް
ރިވައިވަލް ސްޕޯރޓްސްގެ ޓީމް އިންޑިޔާ މުބާރާތަކަށް!
މުބާރާތަށްފަހު ތޯއިފް ދާނީ ތަމްރީނު ހޯދަން

ރިވައިވަލް ސްޕޯރޓްސްގެ ކުޅުންތެރިން އިންޑިޔާގައި އޮންނަ މުބާރާތަކަށް ފުރައިފިއެވެ.

ރިވައިވަލްގެ ކުޅުންތެރިން ވާދަކުރަނީ އިންޑިޔާގެ މަހާރާޝްތުރަ ޗެލްންޖް ބެޑްމިންޓަން މުބާރާތުގައެވެ. މުބާރާތުގައި ވާދަކުރަނީ ރިވައިވަލްގެ ކެޕްޓަން އަހުމަދު ތޯއިފް މުޙައްމަދާއި, ހައިޝަމް އިބްރާހީމްއާއި, ރިޝްވާން ޝިޔާމްއާއި, ޒަޔާން ޒަކީއެވެ. ޓީމްގެ ކޯޗަކީ ނަޝްފާން މުޙައްމަދެވެ. މުބާރާތް އޮންނާނީ މިމަހުގެ 13-18 އަށެވެ.

މުބާރާތަށްފަހު ތޯއިފް ދާނީ ރިވައިވަލްއިން ދޭ ސްކޮލަރޝިޕެއްގެ ދަށުން ތަމްރީނު ހޯދުމަށެވެ. އެއް އަހަރުގެ ސްކޮލަރޝިޕްގެ ދަށުން ތޯއިފް ތަމްރީނު ހޯދާނީ އިންޑިއާގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރެއްގަ އެވެ. މިއީ އަންނަ އަހަރު އޮންނަ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއާއި, ސައުތް އޭޝިޔަން ގޭމްސްއިން މެޑަލް ހޯދުމަށް އަމާޒުކޮށްގެން ތޯއިފްއަށް ހޯދައިދިން ފުރުޞަތެކެވެ.

- ކޮމެންޓް