ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 17:51
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ގާޒީއަކު ހޯދުން
ސިވިލް ކޯޓުގެ ގާޒީކަމަށް 17 މީހަކު ކުރިމަތިލައިފި
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އޮގަސްޓު 24 ގައި
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000.00 ރުފިޔާ

ސިވިލް ކޯޓުގު ގާޒީކަމުގެ 02 މަގާމަށް 17 މީހަކު ކުރިމަތިލާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.

ސިވިލް ކޯޓުގު ގާޒީކަމުގެ 02 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 17 މީހަކު ކުރިމަތިލާފައިވެއެވެ. އެއީ:

  1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
  2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ.މާލެ
  3. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ.މާލެ
  4. ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ
  5. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ
  6. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
  7. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ
  8. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
  9. ޢަބްދުﷲ އިޙްސާން / ސައިފަތްމާގެ، ސ.ހިތަދޫ
  10. ފަތުޙުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ.މާވަށް
  11. ފައިޞަލް އާދަމް / ދެތަނޑިމާގެ، ހދ.ފިނޭ
  12. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
  13. މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ.ދިއްދޫ
  14. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
  15. އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓް
  16. ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ
  17. އާމިނަތު ރައިޝަމް / ނިއުފްލާވަރ، ގއ.ގެމަނަފުށި

ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ މަހަކު 30,000.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15,000.00 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސް ގޮތުގައި މަހެއްގެ މައްޗަށް 1،650.00 ރުފިޔާ ލިބެއެވެ.

އޭގެ އިތުރުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެކަމަށްވެސް ޖޭއެސްސީ އިން މައުލޫމާތުދެއެވެ.

- ކޮމެންޓް