ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 11:33
ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ
ރީފް ލައިފް ސަރވޭ
ވިއަވަތި ރާއްޖެ މަހާސިންތާ
"ލާމަރުކަޒީ" ކުރުމަކީ ރައީސް ޞާލިހުގެ ވެރިކަމުގެ ސްޓައިލް، ވެރިކަން ހިންގަން ޖެހޭ ކަމަށް އީމާންވާ ގޮތް: އިމްރާން
ރައީސް ޞާލިހު އަކީ ހެޔޮ ވެރިއެއް، ހެޔޮ ވެރިކަމެއްގެ ސިފަ މި ވެރިކަމުން ފެނޭ: އިމްރާން
ރައިސްގެ ލާމަރުކަޒީ ސިޔާސަތުތަކަށް އިމްރާން ވަނީ ތައުރީފްކުރައްވާފައި

"ލާމަރުކަޒީ" ކުރުމަކީ ރައީސް ޞާލިހުގެ ވެރިކަންކުރުމުގެ ސްޓައިލް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިފަކުރައްވައިފިއެވެ.

ވިޔަވަތި ރާއްޖެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފައްކާކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރާއްޖެ ފުރިހަމައަށް ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމް ފައްކާވެގެން ކަމަށް ވާއިރު ލާމަރުކަޒީ ނިޒާމަކީ އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ވަޢުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް ނޫން ކަމަށާއި ރައީސް އަމަލާއި ބަހުން އެކަން ދައްކަވަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. މި ވެރިކަމަކީ ހެޔޮ ވެރިކަމެއް ކަމަށާއި، މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ވެރިކަމެއް ކަމަށް ވެސް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

ލާމަރުކަޒީ ނިޒާމް ފައްކާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއް ނޫން. އަދި ކިއެއް އެއީ މި ޖަޒީރާ ރާއްޖޭގެ ވެރިކަން ހިނގަންޖެހޭނެ ކަމަށް އެމަނިކުފާނު އީމާން ވެވަޑައިގަންނަވާ ގޮތް. އެ މަނިކުފާނުގެ ޕެޝަން. އެމަނިކުފާނުގެ ވެރިކަން ކުރުމުގެ ވައްޓަފާޅި އާއި ސްޓައިލް.
ޝޭޙް އިމްރާން

ވިޔަވެތި ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެންގުޅުންވާ ލާމަރުކަޒީ ސިޔާސަތު ރަމްޒުކޮށްދޭ ފުރިހަމަ މިސާލެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ޞާލިހު އަކީ އެންމެންނާއި އެކުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ފާހަގަކުރައްވާ ރައީސް އަށް އިމްރާން ވަނީ ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

ވިޔަވަތި ކޮންފަރެންސްގެ މަގްސަދަކީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިއްބައިދިނުމަށް އެ ނިޒާމު ބައްޓަން ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާއި ބެހޭ ދައުލަތުގެ ވަޒީރުންނާއި މަޝްވަރާކޮށް ހައްލުތައް ހޯދުން މި މަހާސިންތާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް