ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 22:06
ޕޮލިސް
ޕޮލިސް
ގޫގުލް
ތިން ފުލުހަކަށް ހަމަލާދިނުން
އަނިޔާ ލިބުނު ތިން ފުލުހުންގެ ތެރެއިން ދެ ފުލުހުންގެ ހާލު އަންނަނީ ރަނގަޅުވަމުން
ފުލުހުންނަށް ހަމަލާދީފައިވަނީ ހަތިޔާރު ބޭނުންކޮށްގެން

މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ތިން ފުލުހަކަށް ހަމަލާދީފައިވާއިރު ދެ ފުލުހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް, ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށާއި، ފުލުހުންނަށް ހަމަލާދީފައިވަނީ ހަތިޔާރު ބޭނުންކޮށްގެންކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިފަދައިން ވިދާޅުވެފައިވާއިރު، ފުލުހުންތަކަކަަށް ހަމަލާދިނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުންކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ހުކުރު ދުވަހު ވިދާޅުވެފައެވެ.

ޙަމީދު ވިދާޅުވީ، އެ ފުލުހުންނަށް ހަމަލާ ދިނީ ހުކުރު ދުވަހު 11:52ހާއިރު، އެމީހުން އޮފް ޑިއުޓީގައި އުޅެނިކޮށްކަމަށެވެ. މި ހާދިސާގައި އަނިޔާވި ފުލުހުންނަށް އޭޑީކޭގައި ފަރުވާދެމުން ދާއިރު އެމީހުންގެ ހާލު ބައްލަވާފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ފުލުހުންތަކަކަަށް ހަމަލާދިން މައްސަލައިގައި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު، މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި އިތުރު މީހުން ހައްޔަރުކުރައްވާނެ ކަމަށާއި، ފުލުހުންނަށް ދޭ މިފަދަ ހަމަލާގެ މައްސަަލަތައް ވަރަށް ސީރިއަސްކޮށް ނަންގަވާނެކަމަށްވެސް ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ، ރާވައިގެން ހިންގާ ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުލުހުން ފަހަތަށް ނުޖެހޭނެކަމަށާއި، ނަމަވެސް ގޭންގުތަކުގެ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަަތައް ހުއްޓުވޭނީ އެންމެން ގުޅިގެންކަމަށެވެ.

މުޖުތަމައަށް ޚިދުމަތްކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ރައްކާތެރިކަންވެސް ކަަށަވަރުކުރުމަށް އިތުރު އެއްބާރުލުން ބޭނުންވާކަން ޙަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންނަށް ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި، ސައިކަލެއްގައި ވެއްޓިފައި އޮތް މީހަކު ފުލުހުން ނަގައި އެމްބިއުލާންސަކަށް އަރުވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް