ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 08:45
ލޯނު އެއްބަސްވުމެއްގެ ދަށުން އިކާޑީ ގަލަޓަސަރާއި އަށް ސޮއި ކުރަނީ
ލޯނު އެއްބަސްވުމެއްގެ ދަށުން އިކާޑީ ގަލަޓަސަރާއި އަށް ސޮއި ކުރަނީ
ޕީއެސްޖީ
ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީގެ އިކާޑީ ގަލަޓަސަރާއި އަށް
ލޯނު އެއްބަސްވުމެއްގެ ދަށުން އިކާޑީ ގަލަޓަސަރާއި އަށް ބަދަލުވީ އެއް އަހަރު ދުވަހަށް

ފްރާންސް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މައުރޯ އިކާޑީ ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ގަލަޓަސަރާއި އަށް ބަދަލުވެއްޖެއެވެ.

ޕީއެސްޖީން މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފައި ކަަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އުމުރުން 29 އަހަރުގެ ފޯވާޑް ޕީއެސްޖީއަށް ބަދަލުވީ 2019 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ ވަނީ އެއް އަހަރު އެ ކުލަބަށް ކުޅެދީފައެވެ. އެއަށްފަހު 2020 ވަނަ އަހަރު ޕީއެސްޖީން ވަނީ އޭނާއާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިކާޑީ ވަނީ ޕީއެސްޖީއަށް ކުޅެދިން 92 މެޗުގައި 38 ލަނޑު ޖަހާފައެވެ. ނަމަވެސް ޕީއެސްޖީގައި މިހާރު އޭނާއަކަށް މާބޮޑު ދައުރެއް ނޯވެއެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އިކާޑީ ގަލަޓަސަރާއި އަށް ބަދަލުވީ އެއް އަހަރު ދުވަހަށެވެ.

އިކާޑީ ވަނީ ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ފްރާންސް ލީގާއި، ފްރާންސް ކަޕާއި، ކަޕް ލީގުގެ އިތުރުން ޓްރޮފީ ޗެމްޕިއަންކަން ހޯދާފައިވެއެވެ. މީގެ އިތުރުން 20-2019 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް އިކާޑީ ވަނީ ކުޅެފައެވެ.

- ކޮމެންޓް