ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 08:16
ހުއާން މަޓާ ގަލަޓަސަރާއި އަށް ސޮއި ކުރުމުގެ ތެރެއިން
ހުއާން މަޓާ ގަލަޓަސަރާއި އަށް ސޮއި ކުރުމުގެ ތެރެއިން
މަޓާގެ ކުރިމަގު
ހުއާން މަޓާ ތުރުކީގެ ގަލަޓަސަރާއި އަށް
ގަލަޓަސަރާއި އަށް މަޓާ ބަދަލުވީ މުސާރައިގެ ގޮތުގައި 1.9 މިލިއަން ޔުރޯއަށް ކަމަށް ރިޕޯޓުތައް ބުނޭ

މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ސްޕެއިންގެ ހުއާން މަޓާ ތުރުކީގެ ގަލަޓަސަރާއި އަށް ގުޅިއްޖެއެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ގަލަޓަސަރާއި އަށް ގުޅުނުކަން އެ ޓީމުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އޭނާ އެ ޓީމަށް ގުޅުނީ ހިލޭ ޓްރާންސްފާއެއްގައެވެ. މަޓާ ޔުނައިޓެޑު ދޫކޮށްލާފައިވަނީ އެ ޓީމާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ގަލަޓަސަރާއި އަށް މަޓާ ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ މުއްދަތު ހަމަވުމުން އިތުރު އެއް އަހަރަށް އެއްބަސްވުން އައުކުރުމުގެ ފުރުސަތު ވެސް އޮވެއެވެ. ގަލަޓަސަރާއި އަށް މަޓާ ބަދަލުވީ މުސާރައިގެ ގޮތުގައި 1.9 މިލިއަން ޔުރޯއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގަލަޓަސަރާއި އަށް ބަދަލުވިއިރު މަޓާ ވަނީ ޔުނައިޓެޑުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދިން 285 މެޗުގައި 51 ލަނޑު ޖަހާފައެވެ. އަދި ޔުނައިޓެޑާއެކު މަޓާ ވަނީ އެފްއޭ ކަޕާއި، ކަރަބޯ ކަޕާއި، ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް