ކ. މާލެ
|
10 ސެޕްޓެންބަރ 2022 | ހޮނިހިރު 07:27
މުބާރާތުގެ ވާދަކުރާ ޖޯލި މޯލްޑިވްސް ޓީމު
މުބާރާތުގެ ވާދަކުރާ ޖޯލި މޯލްޑިވްސް ޓީމު
ވީއޭއެމް
އިންޓަރ ރިސޯޓު ވޮލީ މުބާރާތް
ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން އަށް ވެސް މޮޅެއް
 
ދެ ޓީމަށް ވެސް ތިން މެޗުން ލިބެނީ ހަ ޕޮއިންޓު

އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ހައެއްގައި ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން ވެސް ކުޅުނު ތިން ވަނަ މެޗު ކާމިޔާބުކޮށްފިއެވެ.

ޖޯލި މޯލްޑިވްސްގެ ތިން ވަނަ މެޗުގައި އެ ޓީމު ވާދަކޮށްފައިވަނީ ސިޔާމް ވޯލްޑާއެވެ. އެ މެޗު އެ ޓީމުން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ހޯދީ ސިޔާމް ވޯލްޑުންނެވެ. ވާދަވެރި ކުޅުމަކަށްފަހު ސިޔާމް ވޯލްޑުން ފުރަތަމަ ސެޓު ހޯދީ 25-22 އިންނެވެ. ނަމަވެސް ޖޯލި މޯލްޑިވްސް އިން ވަނީ ޖެހިގެން އައި ތިން ސެޓު ހޯދައި މެޗުން މޮޅުވެފައެވެ. އެ ތިން ސެޓު ޖޯލި މޯލްޑިވްސް އިން ހޯދީ 25-19، 25-24 އަދި 25-16 އިންނެވެ.

ޖޯލި ބީންގެ ތިން ވަނަ މެޗުގައި އެ ޓީމު ވާދަކޮށްފައިވަނީ ކޮރަ ކޮރަ މޯލްޑިވްސްއާއެވެ. މި މެޗު ޖޯލި ބީން އިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޖޯލި ބީން އިން ހޯދީ 25-22 އަދި 25-18 އިންނެވެ. ތިން ވަނަ ސެޓުގެ ކުޅުން ފެނުނީ ވަރަށް ފޯރި ގަދަކޮށެވެ. އެއްވަރުކޮށް ދިޔަ މި ސެޓު ފަހު ވަގުތު ޖޯލި ބީން އިން ހޯދީ 28-26 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯލި ބީންގެ މުޙައްމަދު އަލީ އެވެ.

ކުޅުނު ތިން މެޗުން ޖޯލި މޯލްޑިވްސް އާއި ޖޯލި ބީން އަށް ލިބެނީ ނުވަ ޕޮއިންޓެވެ. ތިން މެޗުން ކޮރަ ކޮރަ އަށް ލިބެނީ ދެ ޕޮއިންޓެވެ. ސިޔާމް ވޯލްޑަށް އެއް ޕޮއިންޓު ލިބޭއިރު، ފުލުގައި އޮތް ދިގަލި މޯލްޑިވްސް އަށް ޕޮއިންޓެއް ނުލިބެއެވެ.

މި ޒޯންގައި ވާދަކުރާ ޓީމުތަކަކީ، ޖޯލި މޯލްޑިވްސް، ސިޔާމް ވޯލްޑް، ކޮރަ ކޮރަ މޯލްޑިވްސް، ޖޯލި ބީން އަދި ދިގަލި މޯލްޑިވްސްއެވެ. މި ޒޯންގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ލިބޭ ޓީމަކަށެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުވަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
67%
0%
0%
0%
33%
0%
ކޮމެންޓް