Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 23:27
ލ.ގަމުގައި ބޭއްވި ޖާފަތް
ލ.ގަމުގައި ބޭއްވި ޖާފަތް
ރާއްޖެއެމްވީ
ލ.ގައި ކުރިއަށް ގެންދާ މަހަސިންތާތައް
ގޮޅަ ރިހަ އާއި ސަގާފީ ހަރަކާތާއި އެކު "ލާމު"ވަންތަ މަރުޚަބާގެ ނަމޫނާ އެއް
ޖާފަތް ފެށުމަށް ގެނައި މަލާފަތް ގެނެސްފައި ވަނީ ސަގާފީ ބޮޑުބެރު ހަރަކާތްތަކަކާއި އެކުގައި
އެ ހަފްލާ ބާއްވާފައި ވަނީ ތާރަ ޖެހުމާއި ދަނޑިޖެހުން ފަދަ ހަަރަކާތްތަކާއި އެކު

ހުކުރު ދުވަހު ލ.ގަމުގައި ފެށި ފަނޯއްލަ މަހާސިންތާ އާއި ވިޔަވަތި ރާއްޖެ މަހާސިންތާގެ ބައިވެރިންނަށް ލ.ގަމުގައި ހުކުރު ދުވަހުގެ ރޭ ޚާއްސަ ޖާފަތެއް ބާއްވައިފިއެވެ.

އެ ރަަށުގެ ހަމަދު ސްކޫލްގެ އިސްނެގުމާއި އެކު ބޭއްވި މި ޖާފަތް ބާއްވާފައި ވަނީ ސަގާފީ ހަރަކާތްތަކަކާއި އެކުގައެވެ. އެގޮތުން ޒުވާނުންގެ ބޮަަަޑުބެތު ހަރަކާތާއި، އަންހެނުންގެ ތާރަޖެހުން، ދަނޑިޖެހުން އަދި ބަނޑިޔާ އާއި ބޮޑުބެރުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.

Advertisement

އެ ޖާފަތް ފެށުމަށް ގެނައި މަލާފަތް ގެނެސްފައި ވަނީ ސަގާފީ ބޮޑުބެރު ހަރަކާތްތަކަކާއި އެކުގައެވެ. އެ ޖާފަތުގައި، ލާމުގެ މަޝްހޫރު ގޮޅަ ރިހަ އާއި ފިހުނު މަސް އަދި ފަލަމަޑީގެ ބާވަތްތައް ފަދަ ދިވެހި ކާނާގެ ބާވަތްތައް ވަނީ ހިމަނާފައެވެ.

މިއީ ގަމުގައި މިފަދަ ބޮަޑު ގައުމީ އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. ވިޔަވަތި ރާއްޖެ މަހާސިންތާ ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ. މަހާސިންތާ ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ލ.ގަަމަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. .

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް