Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 18:33
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
އެމްޓީސީސީ
އާރްޓީއެލް ބަހުގެ ޚިދުމަތް
ދިޔަރެސްގައި ޖަހާފައިވާ ޚަބަރަކީ ކުންފުންޏަށް އޮތް އިތުބާރާއި ލޯބި ފަނޑުކޮށްލަން، ގަސްތުގައި ކޮށްފައިވާ މަސައްކަތެއް - އެމްޓީސީސީ
މިއީ ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި ވަރަށް ނާތަހުޒީބު އަމަލެއް
8 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާޚިލާފު ދޮގު ޚަބަރެއް
މިކަން ކުރުމުގެ މަގުސަދަކީ ޒާތީ ތައައްސުބު އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުން

ދިޔަރެސްގައި ޖަހާފައިވާ ޚަބަރަކީ ކުންފުންޏަށް އޮތް އިތުބާރާއި ލޯބި ފަނޑުކޮށްލަން ގަސްތުގައި ކޮށްފައިވާ މަސައްކަތެއްކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައިވަނީ "މާލެއާއި ބައެއް އެހެން ސިޓީތަކުގައި ބޭނުންކުރުމަށް އެމްޓީސީސީން ބަސް ގަނެފައިވަނީ ބޮޑު އަގުގައި، ބިޑް ކުރުމާނުލައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް"ކަމަށް ދިޔަރެސްގައި ލިޔެފައިވާ ޚަބަރާގުޅިގެންނެވެ.

އެމްޓީސީސީން ބުނީ، ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައި، ދިވެހި ސަރުކާރުން އެކަށައަޅުއްވައިފައިވާ އިސްތިރާޖީ ރޭވުންތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން، މިހިނގާ ހަފުތާގައި މިކުންފުނިން ޚިދުމަތް ފެށި، ރާއްޖެ ޓްރާންސްޕޯޓް ލިންކުން، މާލެއަށް ތައާރަފުކުރި ބަހުގެ ޚިދުމަތަށް އާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން އުފަލާއެކު ފާހަގަކުރާކަމަށެވެ.

Advertisement

އެހެންނަމަވެސް މިކަން ރައްޔިތުންނަށް އޮޅޭފަދަގޮތަކަށް، އަދި އެ ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި 8 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާޚިލާފު ދޮގު ޚަބަރެއްކަމަށާއި، އެ ޚަބަރުން، ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި އެ ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުންފުނިން ފޯރުކޮށްދެމުންގެންދާ އާންމު ދަތުރުފަތުރުގެ ޚިދުމަތާމެދު އުފެދިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލަން ގަސްތުގައި މަސައްކަތްކޮށްފައިވާކަން އެނގޭކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ، ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ދިވެހިރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުން ހިންގި، ވަރަށް ނާތަހުޒީބު އަމަލެއްކަމަށާއި، އަދި މިކަން ކުރުމުގެ މަގުސަދަކީ، ޒާތީ ތައައްސުބު އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުންކަން ހިތާމަޔާއެކު ފާހަގަކުރާކަމަށް އެ ކުންފުނިން ބުނެއެވެ. މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުން ގެންދިޔަނަމަވެސް، މީޑިއާގެ ވަސީލަތްތަކުން ޒިންމާދާރު ނޫސްވެރިކަން ކުރަމުން ގެންދާކަންވެސް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނި ބަދުނާމުވާގޮތަށް، އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭގޮތަށް، މިފަދަ ހަގީގަތާޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ދިވެހި ސަރުކާރާއި، ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، އަދި ވިޔަފާރީގެ އެންމެހާއި ބައިވެރިން، އެ ކުންފުންޏަށް ކުރަމުން ގެންދާ އިތުބާރަށްޓަކައި އެމްޓީސީސީން ޝުކުރު އަދާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 21:57
ވަޮލް އައިޑީ
ރާއްޖެގައި މިފަދަ ނޫސްތަކުންޖަހާ ޚަބަރަށް ދައުވާ ކުރަންޖެހޭ. އެހެން ނޫނީ ދުވަހަކުވެސް މިކަމަށް ހުއްޓުމެއް ނެތް. އަދި ރައްޔިތުންނަށް އިތުބާރު ހޯދުމަށްވެސް އެކަން ކުރަންޖެހޭ.