ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 10:57
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރޮނާލްޑޯ
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރޮނާލްޑޯ
މެންޗެސްޓަރ ޔުނައިޓެޑް
ފުރަތަމަ 11ގައި ފަށަން ރޮނާލްޑޯ ހުރީ ތައްޔާރަށް: ޓެން ހާގް
 
މިހާރު ރޮނާލްޑޯ ހުރީ ފުރަތަމަ 11 ގައި ފަށަން ތައްޔާރަށްކަން ފާހަގަކުރަމުން ޓެން ހާގް ބުނީ، ޔުނައިޓެޑުން ކޮންމެ މެޗަކުން މޮޅުވާން ޖެހޭ ކަމަށް

މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ 11 ގައި ފަށަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް މިހެން ބުނީ ޔުއެފާ ޔޫރޮޕާ ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. ޔުނައިޓެޑުގެ ފުރަތަމަ 11 ގައި އެންމެ ފަހުން ރޮނާލްޑޯ ހިމަނާފައިވަނީ ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑު އަތުން 4-0 އިން ބަލިވި މެޗުގައެވެ. އެ މެޗުގެ ފަހުން ލީގުގައި ޔުނައިޓެޑުން ކުޅުނު ހަތަރު މެޗުގައި ވެސް ރޮނާލްޑޯ ހިމަނާފައިވަނީ ބެންޗުގައެވެ. އެ މެޗުތަކުގައި ރޮނާލްޑޯ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެކަމާ ގުޅިގެން އޭރު ޓެން ހާގް ބުނީ ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ބޭނުންވާނަމަ ރޮނާލްޑޯ އެވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕްރެސްގައި ޓެން ހާގް ބުނީ އެންމެ ފަހުން ފުރަތަމަ 11 ގައި ރޮނާލްޑޯ ކުޅުނީ ބްރެންޓްފޯޑު މެޗުގައިކަމަށާއި، އޭގެ ފަހުން ފުރަތަމަ 11 ގައި ކުޅެފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު ރޮނާލްޑޯ ހުރީ ފުރަތަމަ 11 ގައި ފަށަން ތައްޔާރަށްކަން ފާހަގަކުރަމުން ޓެން ހާގް ބުނީ، ޔުނައިޓެޑުން ކޮންމެ މެޗަކުން މޮޅުވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ބުނީ ޔުނައިޓެޑުން ކޮންމެ މުބާރާތެއް ވެސް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، އެހެންކަމުން ހުރިހާ ކަމެއް ނަގަންޖެހެނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑުގައި އޮތީ ހަމައެކަނި ޓީމެއް ނޫން ކަމަށާއި، ސްކޮޑެއް ހިމެނޭކަން ވަރަށް ސާފުވާ ކަމަށެވެ. އެކަން ފާހަގަކޮށް ޓެން ހާގް ބުނީ ޔުނައިޓެޑުން ބޭނުންވާ މެންޓާލިޓީއަކީ ކޮންމެ މެޗަކުން މޮޅުވުން ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ކޮންމެ މެޗެއްގައި އޭނާ އަށް ހުރިހާ ކުޅުންތެރިން އުފާކޮށްދީފައި ނުބޭތިއްބިދާނެ ކަމަށެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ޕާފޯމްކޮށްފި ނަމަ، ކޮންމެ ކުޅުންތެރިޔަކަށް ވެސް މެޗުތަކުން ވަގުތު ލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ. ޓެން ހާގް ބުނީ އޭނާ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވާ ކަމަށާއި، އެ ކުޅުންތެރިންނާއެކު ޔުނައިޓެޑުން ކަވަރުކުރަން ޖެހޭ ބައިވަރު މެޗުތައް ހުރި ކަމަށެވެ. ޓެން ހާގް ބުނީ އެއީ ހަމައެކަނި ޤައުމީ ޓީމާއި، ވޯލްޑް ކަޕް އެކަނި ނޫން ކަމަށެވެ. ޓެން ހާގް ބުނީ ޔޫރޮޕާ ލީގާއި، ލީގު ކަޕް އަދި ޚާއްސަކޮށް ޕްރިމިއަރ ލީގުގެ މެޗުތައް އޮތް ކަން އޭނާ ފާހަގަކުރިއެވެ.

ޔޫރޮޕާ ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ނިކުންނާނީ އަމިއްލަ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް