ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 09:41
އިންޓަރ ރިސޯޓުގެ ތެރެއިން
އިންޓަރ ރިސޯޓުގެ ތެރެއިން
އިންޓަރ ރިސޯޓު ވޮލީ މުބާރާތް
ދިގަލި މޯލްޑިވްސްގެ މައްޗަށް ސީދާ ތިން ސެޓުން ޖޯލި ބީން ކުރި ހޯދައިފި
 
ދިގަލި މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ޖޯލި ބީން އިން ހޯދީ، 25-10، 25-19 އަދި 27-17 އިން

އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ހައެއްގެ ފަސް ވަަނަ މެޗުގައި ދިގަލި މޯލްޑިވްސްގެ މައްޗަށް ޖޯލި ބީން އިން ކުރި ހޯދައިފިއެވެ.

މިއީ މުބާރާތުގައި ޖޯލި ބީން އިން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ސިޔާވް ވޯލްޑްގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ޖޯލި ބީން އިން ވަނީ ސީދާ ތިން ސެޓުން ދިގަލި މޯލްޑިވްސް ބަލިކޮށްފައެވެ.

ދިގަލި މޯލްޑިވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ޖޯލި ބީން އިން ހޯދީ، 25-10، 25-19 އަދި 27-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖޯލި ބީންގެ ހުސެއިން އަލީއެވެ. މުބާރާތުގައި ޖޯލި ބީންއަށް ދެން އޮތީ ބުރާސްފަތި ދުވަހު ކޮރަ ކޮރައާ ދެކޮޅަށް ކުޅޭ މެޗެވެ. ކޮރަ ކޮރައިން ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައެވެ.

މެޗުން މޮޅުވެ ޖޯލި ބީން ވަނީ ދެ މެޗުން ހަ ޕޮއިންޓު ހޯދައި، ޕޮއިންޓުގެ ގޮތުން ޖޯލި މޯލްޑިވްސްއާ އެއްވަރުކޮށްފައެވެ. ޖޯލި މޯލްޑިވްސް އަށް ވެސް ލިބެނީ ދެ މެޗުން ހަ ޕޮއިންޓެވެ. ކޮރަ ކޮރާއަށް ދެ މެޗުން ދެ ޕޮއިންޓު ލިބޭއިރު، ސިޔާމް ވޯލްޑާއި، ދިގަލި މޯލްޑިވްސްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ޒޯންގައި ވާދަކުރާ ޓީމުތަކަކީ، ޖޯލި މޯލްޑިވްސް، ސިޔާމް ވޯލްޑް، ކޮރަ ކޮރަ މޯލްޑިވްސް، ޖޯލި ބީން އަދި ދިގަލި މޯލްޑިވްސްއެވެ. މި ޒޯންގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ލިބޭ ޓީމަކަށެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ޖެހޭނީ ޕްލޭ އޮފް މެޗެއް ކުޅޭށެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތުގެ ނަމަކީ ގޯލްޑަން އިޔާ އިންޓަ ރިސޯޓު ވޮލީ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުވަރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް