ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 02:12
އައްޑޫ ސިޓީ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި
އައްޑޫ ސިޓީ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި
އެމްއެންޑީއެފް
ހިތަދޫ ވަލުތެރޭގައި ރޯވުން
ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
 
އަލިފާންގަނޑު ނިއްވާލާފައިވަނީ ބުދަ ދުވަހުގެ ރޭ 20:20ހާއިރު

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރީ ވަލުތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އަލިފާންގަނޑު ނިއްވާލާފައިވާކަމަށެވެ. މި ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ހަވީރު 17:25ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ސ. ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ.

އަދި ފަޔަރމަނުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ނިއްވާލާފައިވަނީ ބުދަ ދުވަހުގެ ރޭ 20:20 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް