ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 19:06
އައްޑޫ ސިޓީ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާން ނިއްވަނީ
އައްޑޫ ސިޓީ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާން ނިއްވަނީ
އެމްއެންޑީއެފް
ހިތަދޫ ވަލުގައި ރޯވުން
ހިތަދޫ ވަލުތެރޭގައި ރޯވެ އަނދަނީ، ނިއްވުމުގެ މަސައްކަތް ފަށައިފި
ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 5:25 ހާއިރު

އައްޑޫ ސިޓީ ހިތަދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 5:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވި ސަބަބެއް ދެނެގަނެވިފައި ނުވާ އިރު، ބޮޑު ސަރަހައްދެއްގައި ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.


Advertisement
- ކޮމެންޓް