ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 14:49
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
ފަތުރުވެރިކަމަށް ލިބޭ ފައިސާ ރާއްޖޭގައި ދައުރު ނުވާތީ މަޖިލީހަށް މައްސަލައެއް
ގަރާރަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދު ވަނީ ލިބިފައި
އެ ގަރާރު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު

ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވަމުން ނުދާތީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މި ގަރާރުގައި ފަތުރުވެރިކަމަށް ލިބޭ ބޭރު ފައިސާގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރު ނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ރާއްޖޭގެ އުފެއްދުންތައް ވެސް އެ ދާއިރާގައި ބޭނުން ނުކުރާތީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ޓޫރިޒަމްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރު ނުވާ މައްސަލައަށް ގާނޫނީ ހައްލެއް ނުލިބިއްޖެ ނަމަ ދައުލަތަށް ލިބެން ޖެހޭ އެތައް ފައިސާއެއް ގެއްލޭނެ ކަމަށެވެ. އެ ގަރާރުގައި ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ބޭންކުތަކަށް ޖަމާކުރުމާއި ޓްރާންސްފާ ކޮންޓްރޯލްކުރުމާއި ރާއްޖޭގެ ރިސޯޓްތަކުން ބޭނުންކުރާ އެކި ރިސޯސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ރިސޯޓްތައް ދޫކޮށްގެން ލިބޭ އާމްދަނީ ދިވެހިރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތްތަކަށް ސިސްޓަމް ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެ ގަރާރަށް، މަޖިިލީހުގެ މެމްބަރުންގެ ތެރެއިން ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވަނީ ތާއީދުކުރައްވާފައެވެ. އެހެންނަމަވެސް ބައެއް މެމްބަރުން ވަނީ ޤާނޫނަކުން ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގައި ދައުރުކުރުވަން އުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް