ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 14:32
ވިލާ ކޮލެޖްގައި ކިޔަވާ ދަރިވަރުން
ވިލާ ކޮލެޖްގައި ކިޔަވާ ދަރިވަރުން
ފޭސްބުކް
ރާއްޖޭގެ މަތީ ތައުލީމު
ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރެވޭނެ މުއްދަތު 15 އަހަރަށް ބަދަލުކުރަން އިސްލާހެއް
އާ އިސްލާހު ބުނާ ގޮތުން ޔުނިވަސިޓީއަކަށް ވުމަށް، ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހޭ
މިހާރު ޔުނިވަރސިޓީއަކަށް ބަދަލުކުރެވެނީ ކޮލެޖުގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވުމުން

ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދު ކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތަޢުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ތައުލިމާއި ބެހޭ ޤާނޫނު އިސްލާހުކުރަން ހުށަހަޅައިފިއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި އެ އިސްލާހުގެ ފުރަތަމަ ކިޔުން ބުދަ ދުވަހު ވަނީ އިއްވާފައެވެ. ދިވެހި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނަށް އިސްލާހު ގެނައުމުގެ ޤާނޫނަށް ހުށަހެޅި އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ. މިހާރު އޮތްގޮތުން ޔުނިވާސިޓީގެ ގޮތުގައި ތައުލީމް ދޭ ތަނެއް ރެޖިސްޓްރީ ކުރެވޭނީ ކޮލެޖުގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވުމުންނެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ދަރަޖަ ލިބެނީ، ރާއްޖެއިން ބޭރުގައި ހިންގަމުން ދާތާ 10 އަހަރު ވެފައިވާ ޔުނިވާސިޓީތަކަށެވެ.

އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ އަދަދު 15 އަހަރަށް ބަދަލުކުރުމަށް ހުށަހަޅާފައެވެ. މި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަސް ދާއިރާއެއްގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ޕްރޮގުރާމުތައް އެކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީ އަކުން ހިންގަން ޖެހޭނެކަމަށެވެ. އަދި މި އިސްލާހުގައި ހިމަނާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އާޓްސް އެންޑް ހިއުމެނިޓީ، ލައިފް ސައިންސް އެންޑް މެޑިސިން، އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ނެޗުރަލް ސައިންސް، އަދި ސޯޝަލް ސައިންސެވެ.

އެ އިސްލާހުގައި ބުނާ ގޮތުން މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ. ނުވަތަ ބައިނަލް އަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް އެ ކޮލެޖެއް ވާން ޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާއަތްތަކާއި އެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބުމުގެ އިތުރުން އެކޮލެޖެއްގެ ޕްރޮގުރާމު ތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން %10 މުވައްޒިފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލް ކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

- ކޮމެންޓް